ޚަބަރު

ކުޅުދުއްފުށީ 8 ގެއަކުން ސިހުރު ހަދަން ބޭނުންކުރާ ތަކެތި ހޯދައިފި

އަލީ ސަމާޙް ، ދެން އޮންލައިން
ކުޅުދުއްފުށި ސިޓީ މަތިން ނަގާފައިވާ ފޮޓޯއެއް/ ފޮޓޯ: ކުޅުދުއްފުށި ޕކްޗާސް

ހދ. ކުޅުދުއްފުށީގައި ސިހުރު ހަދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އާ ގުޅިގެން އެ ސިޓީގައި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި 8 ގެއަކުން ސިހުރު ހަދަން ބޭނުންކުރާ ތަކެތި ފުލުހުން ހޯދައިފި އެވެ.

Ads by Hajj Corporation

ކުޅުދުއްފުށީގައި ސިހުރު ހަދާ ކަމަށް ބެލެވޭ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން 10 ގެއެއް ބަލައި ފާސްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފުލުހުން ވަނީ މިއަދު މެންދުރު ބުނެފަ އެވެ.

އެ މައްސަލައިގެން އަޕްޑޭޓް ހިއްސާކުރަމުން ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ އެ ގެތަކުގެ ތެރެއިން 8 ގެއަކުން ސިހުރު ހާހުރަ ހަދަން ބޭނުންކުރާ ޒާތުގެ ލިޔެކިޔުމާއި، ފޮތާއި އަދި ސިހުރު ހެދުމަށް ބޭނުންކުރާ ޒާތުގެ ލިޔެކިޔުމާއި އެކި ކަހަލަ އާލާތްތައް ފެނިގެން އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެ މައްސަލާގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

ކުޅުދުއްފުށީގައި ފުލުހުންގެ އޮޕަރޭޝަނެއް ކުރިއަށް ގެންދާއިރު، ސިހުރުގެ މައްސަލަތަކާ ގުޅިގެން ހުސްވި މަހުގެ މެދު ތެރޭގައި ރ. އަތޮޅުގައި ހާއްސަ އޮޕަރޭޝަނެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެ އޮޕަރޭޝަނުގައި ރ. މީދޫ އާއި އެ އަތޮޅު އަލިފުށީގެ 12 ގެއެއް ބަލައި ފާސްކޮށްފައިވެ އެވެ.

އެ ދެ ރަށުގައި ސިހުރު ހަދާ ކަމުގެ ތުހުމަތުގައި ގެތަކެއް ބަލައިފާސްކުރިއިރު، ޑިސެމްބަރު މަހުގެ ކުރީކޮޅު ހއ. ކެލާގައި ވެސް ފުލުހުންގެ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވެ އެވެ. އެ މައްސަލަ އާ ގުޅިގެން ބަޔަކު ހައްޔަރު ވެސް ކުރި އެވެ.

  1. ޢަސްމަތު

    މީހުންގެ ފޮޓޯ ޖަހާލަދެއްވާ އޭރުން އެގޭނީ

  2. ދޮހިކަރު

    ވަނަވަރު ހާމަ ކުރާ ކަހަލައޭނުން.