ކާރެއް ކޮންޓްރޯލް ނުވެ ޕާކްކޮށްފައި ހުރި އުޅަނދުތަކަކަށް ގެއްލުންވެއްޖެ

މާލޭ, އަމީނީ މަގު ގާކޮށި ކުރިމަތިން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލު ނުވެ ގޮސް ހިނގި އެކްސިޑެންޓެއްގައި އުޅަނދުތަކަކަށް މިއަދު ގެއްލުންވެއްޖެ އެވެ.
މީޑީއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، އެކަމެއް ހިނގާފައިވަނީ ހެނދުނު 7:50 ހާއިރު ކަމަށެވެ.
އެ އެކްސިޑެންޓުގައި އެ ސަރަހައްދުގައި ޕާކްކޮށްފައި ހުރި 6 ސައިކަލަކާއި ކާރަަކަށް ގެއްލުންވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. ލިބުނު ގެއްލުނުތަކުގެ ތަފްސީލެއް ފުލުހުން ނުބުނެ އެވެ.
އަދި ބަޔަކަށް އަނިޔާވި ކަމެއްވެސް ފުލުހުން ނުބުނެ އެވެ.
ސޯޝަލް މީޑިއާގައި ދަރުވާ ފޮޓޯތަކުން ފެނޭ ގޮތުން ކާރަށް ވަނީ ގެއްލުންތަކެއް ލިބިފަ އެވެ.

Ads by Allied Insurance