Thursday, 29 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ހުޅުމީދޫ އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ވެންޓިލޭޓަރަށްލައިފި

ހުޅުމީދޫ އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ވެންޓިލޭޓަރަށްލައިފި

އައްޑޫ ސިޓީ، ހުޅުމީދޫގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނާއަށް އައިޖީއެމްއެޗުގައި ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާދޭން ފަށައިފި އެވެ.

ރޭ 11:30 ހާއިރު، ހުޅުމީދޫގައި ޒުވާނަކު ދުއްވި ސައިކަލެއް ކޮންޓްރޯލުން ނުވެ ހިނގި އެކްސިޑެންޓެއް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން އޮތީ ބުނެފަ އެވެ. ސައިކަލު ކޮންޓްރޯލު ނުވެ ގޮސް އެރީ ހަދަމުން ދިޔަ އިމާރާތަކަށެވެ.

އޭނާއަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް މާލެ ވަނީ ގެނެސްފަ އެވެ.

Advertisement
Allied Insurance — Square (box)

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް "ދެން އޮންލައިން" އަށް ވިދާޅުވީ އައިސީޔޫގައި ފަރުވާދެމުން ދަނީ 18 އަހަރުގެ ޒުވާނަކަށް ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ޕޯސްޓުތަކުން އެނގޭ ގޮތުގައި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ރޭސިން ޕްރެކްޓިސްއަށް ހުޅުމީދޫއަށް ގޮސް އުޅުނު މަރަދޫފޭދޫ، އިލްމު (19އ) އަށެވެ.

އެކްސިޑެންޓުގައި އޭނާއަށް ލިބުނު އަނިޔާގެ ތަފުސީލެއް އަދި މިހާތަނަށް ލިބިފައެއް ނުވެ އެވެ.

ފުލުހުން ދަނީ މައްސަލަ ބަލަމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް