Monday, 2 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޒަކިއްޔާ މަރުގެ ތަހުގީގު ހިނގާ ގޮތް ބަލަން މަޖިލީހަށް ހުށަހަޅަނީ

ޒަކިއްޔާ މަރުގެ ތަހުގީގު ހިނގާ ގޮތް ބަލަން މަޖިލީހަށް ހުށަހަޅަނީ

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ނ. ހޮޅުދޫގައި މަރުވެފައި އޮއްވައި ފެނުނު އެ ރަށު މާރަގަ ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގެ ތަހުގީގު ހިނގާގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅަން ތައްޔާރުވަމުންދާ ކަމަށް ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު (ސަޓޯ) މިރޭ ވިދާޅުވެއްޖެ އެވެ.

ހޮޅުދޫ ރައްޔިތުން ބުނާ ގޮތުންނަމަ ބަޔަކު ޒަކިއްޔާ މަރާލީ އެވެ. އެކަމުގައި ޒަކިއްޔާގެ އާއިލާގެ ބައެއް މީހުންވެސް ހިމެނޭ ކަމަށް ބުނެ ތުހުމަތުތަކެއްވެސް ކުރެ އެވެ. އެކަންބޮޑުވުންތައް ހިފައިގެން ރަށު ރައްޔިތުން އިއްޔެ ޕޮލިސް ސްޓޭޝަން ދޮށަށްވެސް އެއްވި އެވެ. އަދި މިއަދު ކައުންސިލު އިދާރާ ކުރިމަތީގައިވެސް އިހުތިޖާޖު ކުރި އެވެ. އެމީހުން ގޮވާލަމުން ދަނީ ތުހުމަތުކުރެވޭ މީހުން ހައްޔަރު ކުރުމަށެވެ.

ޒަކިއްޔާގެ މަރަށް އިންސާފު ހޯދައި ދިނުމަށް ދާއިރާގެ މެންބަރުގެ ހައިސިއްޔަތުން އަބްދުއްސައްތާރު އެކަށީގެންވާ މަސައްކަތްނުކުރާ ކަމަށްވެސް އިހުތިޖާޖުކުރާ މީހުން ތުހުމަތުކުރެ އެވެ.

Advertisement
Ooredoo — Square (box)

ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން ސުވާލުކުރުމުން އެ ވާހަކަ ދިފާއުކޮށް ސައްތާރު "ދެން" އަށް މިއަދު ވިދާޅުވީ <strong>"އެއީ ރަނގަޅު ތުހުމަތެއް ނޫން ކަމަށް"</strong> އެވެ.

ސައްތާރު ވިދާޅުވީ ޒަކިއްޔާގެ މަރުގެ މައްސަލައާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އާއި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއުއާ ބައްދަލުކޮށް ހިއްސާކޮށްފައިވާނެ ކަމަށެވެ.

<strong>"މައްސަލައާ ގުޅިގެން ހޮޅުދޫ ރައްޔިތުންގެ ތެރެއިން ބައްދަލުކުރަން އެދުނު ދެ ފަހަރަކު ބައްދަލުކޮށްފައިވާނެ"</strong> ސައްތާރު ވިދާޅުވި އެވެ.

އަދި އޭގެ އިތުރުން މައްސަލައާ ގުޅިގެން ހޮޅުދޫ ރައްޔިތުންގެ ތެރެއިން ބައްދަލުކުރަން އެދުނު ފަރާތްތަކާއެކު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާ ބައްދަލުކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

<strong>"އެމްޕީއެއްގެ ހައިސއްޔަތުން ޕޮލިހަށް ސިޓީވެސް ފޮނުވިން. ތަހުގީގު އަވަސްކޮށް ދިނުމަށާއި ރައްޔިތުންގެ ކަންބޮޑުވުން އޮތްކަން ސިޓީގައި ބަޔާންކޮށްފައިވާނެ"</strong> އޭނާ ވިދާޅުވީ ރައްޔިތުން ބޭނުންވާ ގޮތުގެ މަތިން އެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

މައްސަލަ ހުށަހަޅާނެ ވަކި ދުވަހެއް ވިދާޅެއް ނުވެ އެވެ.

https://dhen.mv/266244

https://dhen.mv/256228

ޒަކިއްޔާގެ މަރުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ތައްޔާރުވަމުންދާއިރު އެ މަރަށް 5 މަހަށްވުރެ ގިނަ ދުވަސްވި ފަހުން އެޗްއާރްސީއެމްއާ އެންއައިސީން ވަނީ އެކަން ބަލަން ފަށާފަ އެވެ. މައްސަލަ ބަލަމުންދާ ކަމަށް އެ ދެ ކޮމިޝަނުންވެސް ބުނެފައިމިވަނީ ކުރިމަތިވި ފާޑުކިޔުންތަކާ އެކު އެވެ.

އެޗްއާރްސީއެމުން ކުރި ޕޯސްޓެއްގައި ބުނީ މައްސަލައާ ގުޅުންހުރި މައުލޫމާތާއި ގުޅުންހުރި ލިޔެކިޔުންތައް ފުލުހުންގެ ފަރާތުން ހޯދައި ލިބިފައިވާ މައުލޫމާތުތައް ދިރާސާ ކުރަމުންދާ ކަމަށެވެ.

އެޗްއާރްސީއެމުން އެހެން ބުނިތާ މާ ގިނައިރެއްނުވަނީސް އެންއައިސީން ކުރި ޕޯސްޓެއްގައި ބުނީ ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތް ބަލަމުންދާ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް