Tuesday, 3 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގައި ރާއްޖެއިން ދެމި އޮންނާނެ: ފޮރިން މިނިސްޓަރު

އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގައި ރާއްޖެއިން ދެމި އޮންނާނެ: ފޮރިން މިނިސްޓަރު
އިންސާނީ ހައްގުތައް ކުރިއަރުވައި ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތުގައި ރާއްޖެއިން ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ދެއްވައިފި އެވެ. ސްވިޓްޒަލެންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 58 ވަނަ ސެޝަންގެ ހައިލެވެލް ސެގްމަންޓްގައި ތަގުުރީރުކުރައްވަމުން މިނިސްޓަރު ވަނީ އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގެ މެންބަރު ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކަށާއި މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލި އަޅުއްވާލައްވާފަ އެވެ. އެގޮތުން މިންތީގެ ހަމަހަމަކަމާއި އެކަށީގެންވާ ބޯހިޔާވަހިކަމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމައުގައި ބައިވެރިކުރުން އިތުރުކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. ހަމަ އެހެންމެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓާއި އެވެށީގައި ދިރިއުޅޭ ފަރާތްތަކަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުން ފަދަ އިޖުތިމާއީ ކަންކަމަށް ސަރުކާރުން އަހަމިއްޔަތުދޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ރާއްޖެއިން އެއްބަސްވެފައިވާ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާތަކާއި އެންމެހައި ރައްޔިތުންގެ އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގައި މި ސަރުކާރުން މަސައްކަތްކުރާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ. މިނިސްޓަރު އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި  
  • ރާއްޖެއިން ވަނީ އެންމެ ކުޑަކޮށް ތަރައްގީ ވެފައިވާ ގައުމުތަކާއި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ކައުންސިލްގެ މަސައްކަތުގައި ބައިވެރިވުމަށް މަގުފަހިކުރުމަށްޓަކައި ވޮލަންޓްރީ ޓްރަސްޓް ފަންޑެއް ގާއިމުކޮށްފައި
  • ސާފުތާހިރު، ދުޅަހެޔޮ، ދެމެހެއްޓެނިވި ތިމާވެށްޓަކީ އިންސާނީ ޙައްޤެއްކަން ދުނިޔޭގެ ފެންވަރުގައި ބަލައިގަތުމަށް ރާއްޖެއިން އިސް ދައުރެއް އަދާކޮށްފައި
 

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް