ރޯދަ މަހުގެ ހިތޯބުގައި ރައީސް ގޮވާލެއްވީ ދޮގާއި ދުންފަތް ފަދަ ގޯސްތަކުން ދުރުވުމަށް

ކޮންމެ ރޯދަަމަހަކު ވެސަ ރައްޔިތުންގެ ހިތަށް ތަަސައްލީ ދިނުމުގައި ސަރުކާރު އޮންނާނެކަމުގެ ޔަގީންކަން ދެއްވުމަށް ފަހު، ރޯދަ މަހުގެ ހިތޯބުގައި ގޯސް އާދަތަކުން ދުރުހެލިވުމަށް ރައީސަ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
މި އަހަރުގެ ރޯދަ މަހާ ގުޅިގެނަ ރައީސް މިރޭ ދެއްވި ހިތާބުގައި ރޯދައިގެ ތަހުނިޔާ ރައްޔިތުންނަށް ފޮނުއްވައި ރައީސް ވިދާޅުވީ ދިވެހި ރައްޔިތުންނަށް ހިޔާވަހިކަން ކަށަވަރުކޮށްދީ، ދިރިއުޅުމުގެ މުހުތާދުތައް ފުއްދައިދީ، އުފާފާގަތިކަން އިތުރުކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތް، ދުވަހަކަށްވުރެ ދުވަހެއް ހަލުވި ކުރައްވާނެ ކަމަށެވެ.
"ކޮންމެ ރޯދަ މަހަކުވެސް އޯގާތެރިކަމާއި، ކުލުނާއި، ދީލަތިކަމުގެ ނަމޫނާ ދައްކައި، ރައްޔިތުންގެ ހިތަށް ތަސައްލީ ލިބިދިނުމުގައި މި ސަރުކާރުން އިސް ނަގާނަމެވެ." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކޮންމެ ރޯދަ މަހެއްގައިވެސް އަޅުގަނޑުމެން ޔަގީން ކުރަންވީ އެއް ކަމަކީ، ދިވެހީންގެ ސަލާމަތާއި ކާމިޔާބު ގުޅިފައިވަނީ އިސްލާމް ދީނާ ކަމަށެވެ. އަދި ﷲގެ އޯގާވަންތަކަން ހަނދުމަކޮށް އިސްލާމީ އުންމަތުގެ އެންމެހައި އަހުންނާއި އުހުތުން މަތީން އަޅުގަނޑުމެން އަބަދުވެސް ހަނދާކުރުމަށް ރައީސް ގޮވާލެއްވި އެވެ.
އަހަރަކު އެއް ފަހަރު އަންނަ މި މައްސަރުގައި އަޅުގަނޑުމެންގެ އުޅުމާއި ގުޅުންތަކަށް އަންނަ ހެޔޮ ބަދަލު މުޅި ހަޔާތުގައިވެސް ދަމަހައްޓަން ވެސް ރައީސް މިރޭ އިލްތިމާސްކުރެއްވި އެވެ.
ރައީސް މިރޭ ގޮވާލެއްވި ބައެއް ކަންތައްތައް
- ދަރީންނަށާއި، ދިވެހި ކޮންމެ ކުޑަކުއްޖަކަށާއި ޒުވާނަކަށް ރީތި ނަމޫނާ ދައްކައި، ހަރުދަނާ ސިފަތައް އުނގަންނައިދޭ މަހެއްކަމުގައި މި މަސް ހެދުން
- ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ ގެއްލުންހުރި ނުކިއްސަރު އާދަތަކާ ދުރުހެލިވުމުގެ ފުރަތަމަ ފިޔަވަޅު މި މަހު އަޅަމާ
- ދޮގާއި ފިތުނަ ފަތުރަން މަސައްކަތްކުރާ ކޮންމެ ބަޔަކާ ދުރުހެލިވެ، ހުލްގު ހެޔޮ އިންސާނެއްގެ ގޮތުގައި ކާމިޔާބު ހަޔާތެއް އުޅުމުގެ އަޒުމު މި މަހު އާކުރުން
- އާއިލާ ދެކެ ލޯބިވާ، އަވަށްޓެރީންނަށް ކަމޭހިތައި، ރަޙްމަތްތެރިކަމުގެ ހައްގުތައް އަދާކުރާ އިހުސާންތެރިއަކަށްވުމުގެ މޮޓޯގައި މި މަހުން ފެށިގެން ހިފަހެއްޓުން