Sunday, 1 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ބާޒާރުގައި އެންމެ އަގުހެޔޮ ބާވަތްތަައް ބެލޭ ޕޯޓަލެއް ތައާރަފްކޮށްފި

ބާޒާރުގައި އެންމެ އަގުހެޔޮ ބާވަތްތަައް ބެލޭ ޕޯޓަލެއް ތައާރަފްކޮށްފި
މި ރޯދަމަހުގައި ބާޒާރުގައި ކާބޯތަކެތީގެ އަގުހުރި ގޮތް ބަލާލެވޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީން ގާއިމްކޮށްފައިވާ "އަގުމަގު" ޕޯޓަލް ރޭ ލޯންޗްކޮށްފި އެވެ. ދައުލަތުގެ މީޑިއާގައި ކުރިއަށް ދިޔަ ޕްރޮގްރާމެއްގެ ތެރެއިން އެ ޕޯޓަލް ލޯންޗުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. އެ ޕޯޓަލުން 98 އަސާސީ ކާބޯތަކެތީގެ އެންމެ ފަހުގެ އަގުތައް ބަލައިލެވޭނެ އެވެ. މިނިސްޓްރީން ބުނީ އެ އަގުތަކަކީ ރެންޑަމް އިންސްޕެކްޝަންތަކުގައި އެއްކޮށްފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެކުލަވައިލައިފައިވާ ލިސްޓުކޮށްފައިވާ އަގުތަކެވެ. މި ވަގުތަށް އެ ޕޯޓަލުން ފެންނާނީ މާލެ ސަރަހައްދުން އެއްކޮށްފައިވާ ޑޭޓާ އެވެ. ޕޯޓަލް ލޯންޗުކުރުމަށް ފަހު މިނިސްޓަރު ސައީދު ވިދާޅުވީ އަސާސީ ބާވްތަތައް ކަނޑައަޅާފައިވާނީ ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ. ސައީދު ވިދާޅުވީ ވިޔަފާރިވެރިންނަށް ޕޯޓަލް ގައި އަގު ޕޯސްޓުކުރަން ދޫކޮށްލުމަށް ނިންމާފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި މާލޭގެ އިތުރުން ރަށްރަށުގެ ވިޔަފާރިތަކަށްވެސް ޕޯޓަލް ގައި އަގު ޕޯސްޓުކުރެވޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށެވެ. "މި އެޕްލިކޭޝަނަކީ އެންމެ ހެޔޮ އަގު ބަލާލެވޭ އިންތިޒާމު ހަމަޖެހިފައިވާ އެޕްލިކޭޝަން އަކަށް" މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓްރީން އަސާސީ ބާވަތްތައް މޮނިޓާކުރާނީ 3 ކެޓަގަރީއަކަށް ބަހާލައިގެން ކަމަށެވެ.

އަސާސީ ބާވަތްތަކުގެ ގޮތުގައި މޮނިޓާކުރާ ކެޓަގަރީތައް:

  • ގޭބީސީތަކުގެ ކެއުމަށާއި، ކާތަކެތި ތައްޔާރު ކުރުމަށް ބޭނުންކުރާ އަސާސީ ބާވަތްތަކުން 93 އައިޓަމެއް
  • މޭވާ އަދި ތަރުކާރީގެ ބާވަތްތަކުން 38 އައިޓަމެއް
  • މަސް (ކަނޑުމަހުގެ ބާވަތްތަކުން) 10 އައިޓަމެއް
އޭގެ ތެރެއިން 32 އައިޓަމަކީ ކްރިޓިކަލް އައިޓަމްތަކުގެ ގޮތުގައި މިނިސްޓްރީން ވަނީ ކަނޑައަޅާފަ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް