ޚަބަރު

ބަންގްލަދޭޝްއިން ވައިގެ މަގުން ގެންނަން އުޅުނު ގިނަ އަދަދެއްގެ ޑްރަގު ހިފަހައްޓައި މީހަކު ހައްޔަރުކޮށްފި

. ، ދެން އޮންލައިން
ބަންގްލަދޭޝްއިން ވައިގެ މަގުން ގެންނަން އުޅުނު ގިނަ އަދަދެއްގެ ޑްރަގު ހިފަހައްޓައި ހައްޔަރުކުރި މީހާ --

ބަންގްލަދޭޝްގެ ވެރިރަށް ޑާކާއިން ރާއްޖެއަށް ފުރަން އޮތް ފްލައިޓަކުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފި އެވެ.

އެކަމެއް ހިނގީ ހުކުރު ދުވަހު އެވެ.

ބަންްގްލަދޭޝްގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން މަސްތުވާތަކެތީގެ ބާރުގަދަ ބާވަތެއް ކަމަށްވާ 'ޔާބާ' ގެ 8،400 ގުޅައާ އެކުގަ އެވެ. އެ ތަކެތި ހޯދާފައި ވަނީ ރާއްޖެ ފުރަން އޮތް ޔޫއެސް-ބަންގްލާ ފްލައިޓެއްގެ ފަސެންޖަރެއްގެ ލަގެޖުންނެވެ.

ބަންގްލަދޭޝްގެ އޭވިއޭޝަން ސެކިއުރިޓީ ފޯސް (އެވްސެކް) އިން އެ މީހާ ހައްޔަރުކޮށް ނާކޮޓިކް ކޮންޓްރޯލް ބްރާންޗާ ހަވާލުކޮށްފައިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

ޔާބާގެ ގުޅަތަަކަކާ އެކު ބަންގްލަދޭޝް އެއާޕޯޓުން މީހަކު ހައްޔަރުކޮށްފައިވާއިރު، އެ ވައްތަރުގެ ޑްރަގު ބަންގްލަދޭޝް އަށް އެތެރެކުރަނީ އެ ގައުމާ ބޯޑަރު ހިއްސާކުރާ މިޔަންމާއިންނެވެ. އެ މީހުން އެ އެތެރެކުރަނީ ކޮކްސް ބާޒާރަށެވެ.

އެ ޑްރަގުގެ ޝިކާރާގައި ބަންގްލަދޭޝްގެ ޒުވާނުންނާއި ދަރިވަރުން ޖެހޭ އަދަދު އިތުރުވާތީ ބަންގްލަދޭޝް ސަރުކާރުން ވަނީ އެކަމާ ދެކޮޅަށް ހަރުކަށި ގާނޫނުތަކެއް ހަދާފަ އެވެ.