ޚަބަރު

ފޮނަދޫއިން ފެން ކެނޑިއްޖެ

. ، ދެން އޮންލައިން
ލ.ފޮނަދޫ މަތިން ނަގާފައިވާ ފޮޓޯއެއް. ދެން ފައިލް ފޮޓޯ: މުޙައްމަދު އަރީޙް

ލ. ފޮނަދޫގައި ފެނުގެ ހިދުމަތް ކެނޑިއްޖެ އެވެ.

ފޮނަދޫއަށް ފެނުގެ ހިދުމަތް ފޯރުކޮށްދޭ ފެނަކަ ކުންފުނިން ''އެކްސް'' ގައި ކުރި ޕޯސްޓެއްގައި ބުނީ، ފެނުގެ ހިދުމަތް މެދުކެނޑުނީ އެ ރަށު ފެން ޕްލާންޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.

ފެނަކައިން ބުނީ އެ ރަށަށް ބޭނުންވާ ތަކެތި މާލެ އިން މިރޭ ފޮނުވައިގެން މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ވީ އެންމެ އަވަހަކަށް ހިދުމަތް އަލުން ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް މި ދަނީ ކުރަމުން" ފެނަކައިން ބުންޏެވެ.