ޖަނަވާރަކަށް އަނިޔާކޮށްފިނަމަ 5000 ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް ބިލެއް

ރާއްޖޭގައި އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުތަކަށް ވެކްސިން ދިނުން ލާޒިމްކޮށް، އަދި ޖަނަވާރަކަށް އަނިޔާކޮށްފިނަމަ 5000ރ އިން ޖޫރިމަނާ ކުރާގޮތައް ޖަނަވާރު ގެންގުޅުމާއި ޖަނަވާރުންގެ ރައްކާތެރިކަމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހެޅީ ހިންނަވަރު ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު އަބްދުއްރަހުމާން އެވެ.
އަބްދުއްރަހުމާނު ހުށަހެޅި ބިލުގައި ރަޖިސްޓްރީކޮށްފައިވާ ތަންތަން ނޫން ތަންތަނުގައި ޖަނަވާރު ގެންގުޅޭ ނަމަ ބޮޑެތި ޖޫރިމަނާތަކެއް ކަނޑައަޅާފައިވެ އެވެ.
ބިލުގައި ބުނީ އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު އާންމު ތަންތަނަށް ވީއްލިގެން އުޅުމަށް ދޫކޮށްލުމާއި، އެފަދައިން ގެންގުޅޭ ޖަނަވާރަކަށް ނުވަތަ ވީއްލިގެން އުޅޭ ޖަނަވާރަކަށް އަނިޔާއެއް ދީފިނަމަ ކުޑަ ބޮޑު މިނަށް ބެލުމަށްފަހު 5،000ރ އާއި 50،000ރ އާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.
ރަޖީސްރީކޮށްފައިވާ ތަންތަން ނޫން ތަންތަނުގައި ޖަނަވާރު ގެންގުޅޭނަމަ ބިލު ގާނޫނަކަށްވުމުން 10،000ރ އާއި 100،000ރ ދެމެދު އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.
އަދި ގަވައިދާ ހިލާފަށް އަމަލުކުރާ ފަރާތްތަކުން ކުރާ އަމަލެއްގައި ޖިނާއި ކުށެއް އެކުލެވިގެންވާނަމަ އެކަމަށް ޖިނާއީ މައްސަލަތައް ތަހްގީގްކުރުމުގެ އިހްތިސާސް ލިބިފައިވާ ކަމާބެހޭ އިދާރާތަކަށް ހުށަހަޅަންވާނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.
މި ގައުމުގައި އިންސާނުންނަށް ވުރެ ޖަނަވާރުންނަށް މާއަޅާލާ، ނިކަމެތިންނަށް އިންސާފެއް ނެތް ތަނެއް ، ނުދަންނަ މީހާ މާދަންނަކަމަށް ހެދިގެން އުޅޭތަނެއް،