Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ގޭސްޓްރިކަށް ބޭނުންކުރާ އިންޖެކްޝަނެއްގެ ކޮލިޓީގެ މައްސަލަތަކަކާ ހުރެ ވިއްކުން މަނާކޮށްފި

ގޭސްޓްރިކަށް ބޭނުންކުރާ އިންޖެކްޝަނެއްގެ ކޮލިޓީގެ މައްސަލަތަކަކާ ހުރެ ވިއްކުން މަނާކޮށްފި

ގޭސްޓްރިކަށް ބޭނުންކުރާ "ޕެންޓޮޕް 40 އިންޖެކްޝަން" ގެ ކޮލިޓީގެ މައްސަލަތަކެއް ފާހަގަކުރެވިގެން އެ ޕްރޮޑަކްޓުގެ ވަކި ބެޗެއް ރާއްޖެ އެތެރެކޮށް، ވިއްކުމާއި ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) މަނާކޮށްފި އެވެ.

އެމްއެފްޑީއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ރާއްޖެ އެތެރެކޮށް ބޭނުންކުރަމުންގެންދާ މި އިންޖެކްޝަންގެ ކޮލިޓީ މައްސަލަތަކެއް ފާހަގަކުރެވިފައިވާތީ މި ޕްރޮޑަކްޓް ރާއްޖެ އެތެރެކުރުމާއި ވިއްކުމާ އަދި ބޭނުންކުރުމަކީ މަނާ ކަމެއް ކަމަށެވެ.

މި އިންޖެކްޝަން ރާއްޖެ އެތެރެކުރަނީ އިންޑިއާގެ <span class=" tta_align" data-bm="185">އަރިސްޓޯ</span> <span class="" data-bm="187">ފާމަސޫޓިކަލް</span> <span class="" data-bm="189">ޕްރައިވެޓް</span> <span class="" data-bm="191">ލިމިޓެޑުން ކަމަށް އިއުލާނުގައިވެ އެވެ.</span>

Advertisement
Ooredoo — Truecaller (box)

މި އިންޖެކްޝަން އެއްވެސް ފާމަސީއަކުން ނުވަތަ ސިއްހީ ހިދުމަތްދޭ އެއްވެސް ތަނަކުން ލިބެންހުރި ނަމަ އެކަން އެމްއެފްޑީއޭ އާ ހިއްސާ ކުރުމަށް އެ އޮތޯރިޓީން އެދިފައިވެ އެވެ. އަދި ބޭސް ނައްތާލުމަށް ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ބޭސް ނައްތާލުމަށް ވެސް ވަނީ އެދިފަ އެވެ.

އެމްއެފްޑީއޭއިން ބުނީ ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޓަކައި ބޭސް އެއްތަނުން އަނެއްތަނަށް އުފުލުމާއި ގުދަންކުރުމުގައި ބަހައްޓަންޖެހޭ މިންގަނޑުތައް ބޭސް އިމްޕޯޓްކޮށް ވިއްކާ ފަރާތްތަކަށް އަންގާފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން އިތުރު މައުލޫމާތު ބޭނުންނަމަ މެޑިސިން އެންޑް ތެރަޕިއުޓިކް ގުޑަސް ޑިވިޒަންގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅާ މައުލޫމާތު ސާފުކުރުމަށް އެމްއެފްޑީއޭއިން ވަނީ އެދިފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް