ހަފްތާ ބަންދުގައި ސަލަފްގެ ދަރުސްތައް 20 ރަށެއްގައި

ރާއްޖޭގެ އެކި ރަށްތަކުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ޖަމިއްޔަތުއް ސަލަފްއިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ދަށުން މި ފެށޭ ހަފްތާ ބަންދުގައި ފަސް އަތޮޅެއްގެ 20 ރަށެއްގައި ދަރުސްތައް ކުރިއަށް ގެންދަން ނިންމައިފި އެވެ.
ސަލަފްއިން ބުނީ އެ ދަރުސްތަކުގައި 11 ޝައިހުން ބައިވެރިވާނެ ކަމަށެވެ.
އެގޮތުން
1- ދ. ކުޑަހުވަދޫ އަދި ހުޅުދެލީގައި ދަރުސް ދެއްވާނީ އައްޝައިޚް އަހުމަދު ސަމީރު
2- ހއ. ހޯރަފުށި އަދި އިހަވަންދޫގައި ދަރުސް ދެއްވާނީ އައްޝައިޚް އަބްދުއްސަލާމް ދާވޫދު
3- ހއ. ވަށަފަރު އަދި އުތީމުގައި ދަރުސް ދެއްވާނީ އައްޝައިޚް މުހައްމަދު ޝާހިދު
4- ހއ. ބާރަށް އަދި މުރައިދޫގައި ދަރުސް ދެއްވާނީ އައްޝައިޚް ހާތިމް ޔޫސުފް
5- ހއ. ތަކަންދޫ އަދި މާރަންދޫގައި ދަރުސް ދެއްވާނީ އައްޝައިޚް ހަސަން ސަބާހު
6- ހއ. ތުރާކުނު އަދި އުލިގަމުގައި ދަރުސް ދެއްވާނީ އައްޝައިޚް ހަސަން ފައިސަލް
7- ހއ. ކެލާ އަދި ފިއްލަދޫގައި ދަރުސް ދެއްވާނީ އައްޝައިޚް އަހުމަދު ޝުއައިބު
8- އދ. މާމިގިނލީގައި ދަރުސް ދެއްވާނީ އައްޝައިޚް މުޖުތަބާ ހަމީދު
9- ކ. މާފުށީގައި ދަރުސް ދެއްވާނީ އައްޝައިޚް ޢަތީފު އަބޫބަކުރު
10- ގދ. ނަޑެއްލާ އަދި ފިޔޯރީގައި ދަރުސް ދެއްވާނީ އައްޝައިޚް މުހައްމަދު މަންސޫރު އާދަމް
11- ރ. އަނގޮޅިތީމުގައި ދަރުސް ދެއްވާނީ އައްޝައިޚް ސާޖިދު މުހައްމަދު
ސަލަފްއިން އިތުރަށް ބުނީ ރަމަޟާންމަހުގައި ވީހާވެސް ގިނަ އަތޮޅުތަކެއްގައާއި ރަށްތަކެއްގައި ދަރުސްތައް ބޭއްވުމަށް މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
