ޚަބަރު

ހުޅުމާލޭގައި މަހެއްހާ ދުވަހަށް ސިފައިންގެ ތަމްރީންތަކެއް ފަށަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ހުޅުމާލޭގެ ފޭސް އެކެއް އަދި ދޭއްގައި މަހެއްހާ ދުވަހަށް ސިފައިންގެ ތަމްރީންތަކެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

Ads by STELCO

ޑިފެންސް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އެ ތަމްރީންތައް ކުރިއަށް ގެންދާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން އަންނަ މަހުގެ ފަހަކާ ހަމައަށް ކަމަށެވެ.

އެއީ ކޮންމެ އާދިއްތަ އަދި ބުރާސްފަތި ދުވަހެއްގެ ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށް އަދި ކޮންމެ އަންގާރަ ދުވަހެއްގެ ރޭގަނޑު 10:00 އިން މެންދަމު 01:00 އަށެވެ.

ޑިފެންސް މިނިސްޓްރީން ބުނީ އެ ތަމްރީނުތަކުގައި ސިފައިން ކޮމްބެޓް ގިޔަރުގައި ހަތިޔާރާއެކު ހަރަކާތްތެރިވާނެ ކަމަށެވެ.

މިއީ ކޮން ސަބަބަކާ ހުރެ ކުރިއަށް ގެންދާ ތަމްރީންތަކެއް ކަމެއް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

ކޮމްބެޓް ގިޔަރުގައި ހަތިޔާރާއެކު މީގެ ކުރިން ވެސް ސިފައިންގެ ތަމްރީންތައް ކުރިއަށް ގެންގޮސްފައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!