މީހުން ވަޅުލުމުގެ މަސައްކަތް ކުރާ މީހުންނަށްދޭ ގަބުރުސްތާނު އެލަވަންސް އުވާލައިފި

ސިވިލް ސާވިސް މުވައްޒަފުންގެ ތެރޭގައި ހިމެނޭ މީހުން ވަޅުލުމުގައި މަސައްކަތްކުރާ މީހުންނަށް ދެމުން އަންނަ "ޖަމާއަތްތެރިންނާއި ގަބުރުސްތާނު އެލަވަންސް" އިއްޔެ އުވާލައިފި އެވެ.
އެކަން ހާމަކޮށް ސިވިލް ސާވީސް ކޮމިޝަން (ސީއެސްސީ) އިން ސިޓީ، އަތޮޅުތައް އަދި ރަށު ކައުންސިލުގެ އިދާރާތަކުގެ ސެކްރެޓަރީ ޖެނެރަލުންނާއި، ވަގުތީ ސެކްރެޓަރީ ޖެނެރަލުންނަށް ސިޓީއެއް ވަނީ ފޮނުވާފަ އެވެ.
އެ ގަވައިދު އުވާލި ސަބަބު ހާމަނުކުރި ނަމަވެސް އެއީ ސައްހަ ސިޓީއެއްކަން ސީއެސްސީ ގެ އޮފިޝަލަކު ވަނީ "ދެން" އަށް ކަށަވަރުކޮށްދީފަ އެވެ.
ސީއެސްސީން ވަނީ މަރުވާ މީހުން ވަޅުލުމުގެ މަސައްކަތްކުރާ މީހުންނަށް ޖަމާއަތްތެރިންނާއި ގަބުރުސްތާނު އެލަވަންސް ދިނުމުގައި މާލިއްޔަތު ގަވައިދަށް ފުށޫ ނާރާގޮތައް، ކައުންސިލްގެ ފުދުންތެރިކަމަށް ރިއާޔަތްކޮށް ކައުންސިލުން ކަނޑައަޅާގޮތެއްގެ މަތިން އަމަލު ކުރުމަށެވެ.
އެ އިސްލާހު އެ ކޮމިޝަންގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާނެ ކަމަށް ސީއެސްސީން ބުންޏެވެ.
