ޚަބަރު

ބޭރުގެ ޑިޕްލޮމެޓުންނަށް ރައީސް ރޯދަ ވީއްލުމެއް ދެއްވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ބޭރުގެ ޑިޕްލޮމެޓުންނަށް ރައީސް ބޭއްވެވި ރޯދަ ވީއްލުމުގެ ތެރެއިން-- ފޮޓޯ/ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ އިސްބޭފުޅުންނަށް މިއަދު ރޯދަވީއްލުމެއް ދެއްވައިފި އެވެ.

Ads by STELCO

މުލީއާގޭގައި މިއަދު ބޭއްވި އެ ރޯދަވީއްލުމަށް ވަޑައިގެންނެވި އިއްޒަތްތެރިން ވަނީ ރައީސް މުއިއްޒުގެ ދެކަނބަލުންނަށް އިހުތިރާމް އަދާކުރައްވާފަ އެވެ.

އެ ރޯދަ ވީއްލުމުގައި ރައީސް މުއިއްޒުގެ ދެކަނބަލުންގެ އަރިހުގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި އެމަނިކުފާނުގެ އަނބިކަނބަލުން އައިޝަތު އަފްރީން މުހައްމަދާއި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލުގެ އިތުރުން ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

Ads by Ooredoo