Sunday, 1 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ނުސީދާކޮށް ވެސް ކުޑަކުދިންގެ ޒާތީ މައުލޫމާތު އާންމު ނުކުރަން ގޮވާލައިފި

ނުސީދާކޮށް ވެސް ކުޑަކުދިންގެ ޒާތީ މައުލޫމާތު އާންމު ނުކުރަން ގޮވާލައިފި
ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިއަސް ކުޑަކުދިންގެ ޒާތީ މައުލޫމާތުތަކާއި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ފަދައިން މައުލޫމާތު އާންމު ނުކުރަން ސޯޝަލް މިނިސްޓްރީން ގޮވާލައިފި އެވެ. އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ މިހާރަކަށް އައިސް ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ފަދަ މައުލޫމާތު އާންމުކޮށް މައްސަލަތަކާއި ގުޅުވައި އެ ކުދިންގެ ފޮޓޯ ވެސް އާންމުކުރަމުންދާ ކަމަށެވެ. އެހެން ނަމަވެސް މިނިސްޓްރީން ބުނީ ކުށުގެ ތުހުމަތުވާ ކުދިންނާއި ޝިކާރައަކަށްވެފައިވާ ކުދިންނާއި އެ ނޫންވެސް ކުޑަކުދިންނާއި ގުޅޭ މައްސަލަތަކުގައި އެއްވެސް ސަބަބަކަށްޓަކައި އެ ކުދިންގެ މައުލޫމާތު އާންމު ނުކުރެވޭނެ ކަމަށެވެ. އެގޮތުުން އާންމު ނުކުރެވޭނެކަމަށް މިނިސްޓްރީން ވަކިވަކިން ފާހަގަކުރި ކަންކަން
  • ކުޑަކުދިންގެ ނަން
  • ކުޑަކުދިންގެ އެޑްރެސް
  • ކުޑަކުދިން ތައުލީމު ހާސިލުކުރާ ތަންތަނުގެ މައުލޫމާތު ފަދަ ޒާތީ މައުލޫމާތެއް ނުވަތަ އެކުދިންގެ ތަސްވީރެއް
  • ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ނަމަވެސް ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނެ ފަދަ މައުލޫމާތެއް
"ސޯޝަލް މީޑިއާގައި ދައުުރުކުރާ ބައެއް ފޮޓޯތަކާއި ވީޑިއޯތަކުގެ ސަބަބުން ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ނަމަވެސް އެ ކުދިންނަކީ ކޮން ބައެއްކަން އާންމުންގެ ތެރެއިން ބަޔަކަށް އެނގި އެ ކުދިންގެ ކަރާމާތަށް އުނިކަން ލިބިގެންދާކަމީ މި ވުޒާރާއިން ނުހަނު ކަންބޮޑުވާ ކަމެއްކަމުގައި ދަންނަވަމެވެ" ސޯޝަލް މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް