ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޝައްމާނު ހައްޔަރުކޮށްފި

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޖެނެރަލް ޝައްމާނު ވަހީދު ހައްޔަރުކޮށްފި އެވެ.
ރޭ މަގާމުން ވަކިކުރި ޝައްމާނު ފުލުހުންގެ ބެލުމުގެ ހައްޔަރަށް ގެންގޮސްފައިވަނީ މިރޭ 11:30 ހާއިރު އެވެ.
ޝައްމާނު ހައްޔަރުކޮށްފައިވަނީ ތަހުގީގަށް ފުލުސް އޮފީހަށް މިރޭ ހާޒިރުކުރުމަށް ފަހު ގެއަަށްދިޔަތަނާ މާ ގިނައިރު ނުވަނީސް އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޝައްމާނު ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
ޝައްމާނު އަށް ތުހުމަތު ކުރެވެނީ އިމިގްރޭޝަންގެ ހައްޔަރަށް ގެންދިޔަ ބިދޭސީއަކު ރިޝްވަތު ނެގިކަމުގެ ތުހުމަތު އެވެ.
އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ޝަމްއާން ރޭ ވަކިކުރުމަށް ފަހު ޝަމްއާން ވަކިކުރި ސަބަބާއި އޭނާއާ ކުރާ ތުހުމަތުތަކާ ގުޅޭ ގޮތުން ރަސްމީކޮށް ސަރުކާރުން އެއްވެސް އެއްޗެއް ނުބުނެ 24 ގަޑިއިރު ވާން ގާތްވެފައި ވަނިކޮށް ފުލުުހުން މިރޭ ބަޔާނެއް ނެރުނެވެ.
ފުލުހުން ބުނި ގޮތުގައި، ބިދޭސީން ދިރިއުޅޭ ގެއަކަށް ބައެއް އިމިގްރޭޝަން އޮފިސަރުން ރެއިޑްކުރީ ވެސް މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެންނެވެ. އެހެން ފުލުހުން ބުނި ސަބަބަކީ، ރެއިޑް ކުރި އިމިގްރޭޝަން އޮފިސަރުންނަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ޒިންމާ ހަވާލުކުރި ޓާސްކް ފޯސް އަދި ރިސްކް މެނޭޖުމަންޓްގައި ނުވެސް ހިމެނޭ މުވައްޒަފުންތަކަކަށް ވާތީ އެވެ.
އެއިން ބިދޭސީއަކު 530،000 ރުފިޔާއާއެކު ދޫކޮށްލީ ޝަމްއާންގެ އަމުރަކަށް ކަމަށް ފުލުހުން ތުހުމަތުކޮށްފައިވެ އެވެ. ދޫކޮށްލުމަށް ފަހު، އޮޕަރޭޝަން ހިންގި އޮފިސަރުން މަގުމަތިން ބިދޭސީމީހާއާ ބައްދަލުކޮށް އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ވެސް ބަޔާނުގައި ތުހުމަތުކޮށްފައިވެ އެވެ.
ޝަމްއާން މި ވަގުތު ވަނީ ފުލުހުންގެ ތަހުގީގަށް ހާޒިރުކޮށްފަ އެވެ. މި މައްސަލާގައި އިމިގްރޭޝަންގެ ތިން އޮފިސަރަކު މިހާރު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
އެމްޑީޕީ އިން ތިމީހާ އިމިގްރޭޝަނުން ވަކިކުރީމަ ގަދަކޮށްފަ އަނބުރާ އެއަށްވުރެ މަތިން ވަޒީފާދީ ކޮންޓްރޯލަރ އަކަށް ހަދައިގެން ފައިދާވިބާ؟ ހުރިހާމީހުންވެސް ކުރަނީ އެއްކަމެއް އެއީ ގައުމު ލޫޓުވުން ފައިސާ ނަހަމަ ގޮތުގައި ކެއުން މީގަ މިހާރު ވަކިޕާޓީއެއް ނެތް އެންމެންވެސް ކަނީ…. ހަރުގަނޑޭވެސް އޮތީ ކެވުނުދުވަހު ކައިފަ ތި ކުރިމަތިލާމީހިންގެ ތެރޭ ރަނގަޅު އެކަކުވެސް ނެތް