Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެމަފިރިންގެ ހާލު ސީރިއަސް

ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެމަފިރިންގެ ހާލު ސީރިއަސް

އއ. ރަސްދޫ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފި އެވެ.

އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ އެ ދެމަފިރިން ދިރިއުޅެމުން ދިޔަ ގޭގެ ކޮޓަރީގަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ދެން" އަށް ވިދާޅުވީ އެ ހާދިސާގެ ރިޕޯޓުކޮށްފައި ވަނީ ރޭ 11:15 ހާއިރު ކަމަށެވެ.

Advertisement
Ooredoo — Square (box)

އެ ހާދިސާގައި އެ ގޭގައި ދިރިއުޅޭ ދެ މީހަކު ޒަހަމްވެގެން އިތުރު ފަރުވާ ދިނުމަށް ޓަކައި މާލެއަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ ދެމަފިރިންކަން ވެސް ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

މިއަދު ހެނދުނު އައިޖީއެމްއެޗްގެ އެމަޖެންސީގައި ފަރުވާ ދެމުން އައި ދެމަފިރިންގެ ހާލަތު ގޯސްވެ، އައިސީޔޫއަށް ބަދަލުކޮށްފައިވާ ކަމަށް އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "ދެން" އަށް ވަނީ ވިދާޅުވެފަ އެވެ.

އުމުރުން 31 އަހަރުގެ ދެ މީހުންނަށް ވެސް ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގައި ބާއްވައިގެން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ރޭ ހިނގި އެ ހާދިސާގައި އެ ދެމަފިރިންގެ ހަށިގަނޑުގެ ބޮޑު ބައެއް ބޮޑަށް ފިހިފަައިވާ ކަަމަށް އާއިލާގެ ފަރާތުން ބައެއް މީޑިއާތަކަށް މައުލޫމާތުދީފައިވެ އެވެ. އަންހެން މީހާގެ ހަށިގަނޑު 83 އިންސައްތަ އަދި ފިރިހެން މީހާގެ ހަށިގަނޑުގެ 78 އިންސައްތަ ފިހިފައިވާ ކަމަށް އާއިލާ އާ ހަވާލާދީ ބުނެފައިވެ އެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް އެނގިފައިނުވާއިރު، ފުލުހުން ގެންދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް