ޚަބަރު

އޭޝިއަން މެރަތަން ޗެމްޕިއަންޝިޕަށް އިރުފާން ޗައިނާއަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އޭޝިއަން މެރަތަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް މުހައްމަދު އިރުފާން ޗައިނާއަށް މިއަދު ފުރައިފި އެވެ.

Ads by STELCO

ޗައިނާގެ ޖާޝިންގައި ބާއްވާ އިވެންޓަށް ރާއްޖެއިން ދަނީ އިރުފާނެެވެ. އިރުފާނާ އެކު ދަތުރުގައި އޭނާގެ ކޯޗު ނަސްރުﷲ އަހުމަދު ބައިވެރިވެ އެވެ.

ނަސްރުﷲ އަކީ ދިވެހި ސިފައިންގެ ކްލަބުގެ ކޯޗުގެ އިތުރުން އައިލެންޑް ރަނާސް މޯލްޑިވްސްގެ ކޯޗެވެ. އަދި މެރަތަން ރަނާސް މޯލްޑިވްސްގެ ކޯޗަކީ ވެސް އޭނާ އެވެ.

މި އިވެންޓުގައި ދުވަނީ އޭޝިއާގެ މެރަތަންގެ ޗެމްޕިއަނުންނެވެ. އިވެންޓުގައި ވާދަކުރަނީ ކޮންމެ ގައުމެއްގެ ވެސް އެ ގައުމުގެ އެންމެ މޮޅު އެތުލީޓުންނެވެ.

އިރުފާނާ ބެހޭ ގޮތުން އޭނާގެ ކޯޗު ދެކެނީ މި އިވެންޓުގައި އޭނާ ވާދަކުރަނީ މުޅި އޭޝިއާގެ އެންމެ ބާރު ދުވުންތެރިން ކަމުގައި ވިޔަސް ރާއްޖެއަށް ރީތި ނަމެއް ހޯދުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ. އިރުފާން މިވަގުތު ހުރީ މި އިވެންޓުގައި ވާދަކުރެވޭނެ ލެވެލްއެއްގައި ކަަމަށް ވެސް ކޯޗު ނަސްރުﷲ ގަބޫލު ކުރެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!