ޚަބަރު

އޭސީސީގެ ރައީސް ޝަމީލްގެ މައްޗަށް ޖިނާއި ތަހުގީގެއް ހިންގައިދޭން އެދިއްޖެ

. ، ދެން އޮންލައިން
އޭސީސީގެ ރައީސް ޝާމިލް/ ފޮޓޯ: އޭސީސީ

ސަސްޕެންޝަނުގައި ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުއާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ދިން ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް އާދަމް ޝަމީލްގެ މައްޗަށް ޖިނާއި ތަހުގީގެއް ހިންގައިދޭން ފުލުހުގައި މިއަދު އެދިއްޖެ އެވެ.

Ads by MPL

އަޒްމިރާލްދާގެ ވަކީލު މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޝާމިލްގެ މައްސަލަ ބަލަން ފުލުހަށް ހުށަހަޅާފައިވަނީ އަޒްމިރާލްދާގެ މައްޗަށް ޖިނާއި ތަހުގީގެއް އޭސީސީން ފަށާފައިނުވަނިސް، ޖިނާއީ ތަހުގީގެއް ކުރަމުންދާކަމަށް ބުނެ ޝާމިލް ޖޭއެސްސީއަށް ސިޓީއެއް ފޮނުވި މައްސަލާގައި ކަމަށެވެ. އަދި އަޒްމިރާލްދާ އަށް ނުފޫޒު ފޯރުވި މައްސަލާގައިވެސް ޖިނާއި ތަހުގީގެއް ހިންގަން ފުލުހުގައި އެދިފައިވާ ކަމަށް ވަކީލުގެ ބަޔާނުގައި ބުންޏެވެ.

އަަޒްމިރާލްދާ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައިގެ ޖޭއެސްސީގެ ތަހުގީގީ ރިޕޯޓަށް އޭނާގެ ފަރާތުން މިއަދު ވަނީ ޖަވާބު ދީފަ އެވެ.

އަޒްމިރާލްދާ ހުށަހެޅި ޖަވާބުގައިފާހަގަކޮށްފައިވާ ކަންކަން:

  • މައްސަލަ ބެލުމަށް ނިންމާފައިވަނީ އިޖުރާއަތާ
  • މައްސަލަ ބަލަން ނިންމީ އިޖުރާއަތްވެސް ހިލާފަށް
  • މައްސަލައިގެ ތަހުގީގު ކުރިއަށް ގެންގޮސްފައިވަނީ ގާނޫނުއަސާސިއާ ގާނޫނާ ހިލާފަށް
  • ޖަވާބު ދިނުމާއި ދިފާއުވުމުގެ ހައްގަށް ކޮމިޝަނުން ހުރަސްއަޅާފައިވާތީ އެކަމާ ގުޅިގެން އިޖުރާއި ގޮތުން ކަންކަން ހުށަހެޅުމަށްވެސް ހުރަސްތަކެއް ކުރިމަތިވި.
  • ކޮމެޓިގެ ބައްދަލުވުން އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ނުގެންދިޔުމަށް ނިންމާފައިވަނީ ގާނޫނީ ހަމައެއް ނެތި
  • ކޮމެޓިގެ ރިޕޯޓުގައި ހަގީގަތާ ހިލާފަށް ކަންކަން ފާހަގަކޮށްފައިވޭ
  • ތަހުގީގު ހިންގަނީ މައްސަލަ ބަލަންޖެހޭ އަސާސެއްވެސް ނެތި ނުނިޔަތެއްގައި
  • ސުލޫކީ މިންގަނޑު ހިލާފުވިކަމަށް ބަޔާންކުރާ އެއްވެސް މާއްދާއެއް މައްސަލައަށް ފެތޭ ހާލަތެއްވެސް ނެތް

ބަޔާނުގައި ބުނީ ޖޭއެސްސީ އަށް ހުށަހަޅާފައިވާ ޖަވާބުގައި ކަންކަން ސާބިތުކުރަން 29 ހެކި ހުށަހަޅާފައިވާކަމަށާއި އެ މައްސަލަ އަކީ ސާބިތުނުވާ ކަމެއް ކަމަށް ކަނޑައަޅައިދޭން އެދިފައިވާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!