ކްރޫޒް ލައިނާއަކުން އައި 2000އެއްހާ ފަތުރުވެރިންނަށް ކްލިއަރެންސް ދީފި

ރާއްޖެ އައި ކްރޫޒް ލައިނާއަކުން އައި 2000އެއްހާ ފަތުރުވެރިންނަށް އިމިގްޜޭޝަންއިން ކްލިއަރެންސް ދީފި އެވެ.
އޮސްޓްރޭލިއާގެ ޕާތުން "އެމްއެސްސީ މެގްނިފިކާ" ނަމަކަށް ކިޔާ އެ ކްރޫޒްލައިނާ ފުރީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.
އިމިގްރޭޝަންއިން އެކްސްގައި ބުނީ އެ ކްރޫޒްލައިނާ ރާއްޖެ އައީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.
އަދި އެ އުޅަނދުން އައި 1866 ފަތުރުވެރިންނާއި 952 ފަޅުވެރިންނަށް ވިސާ ކްލިއަރެންސް ހަމަޖައްސައިދިން ކަމަށް ވެސް އިމިގްރޭޝަންއިން ބުންޏެވެ.
"މިއީ ޕެސިފިކް ކަނޑުން އިންޑިއާ ކަނޑުން ރާއްޖެއައި އެންމެ ދިގު ދަތުރަކަށް ކްލިއަރެންސް ހަމަޖައްސައިދިން ފަހަރު" އިމިގްޜޭޝަންއިން ބުންޏެވެ.
ކްރޫޒް ލައިނާތަކުން ދޭތެރެ ދޭތެރެއިން ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަންނަމުންދާ އިރު މި އަހަރު މިހާތަނަށް ރާއްޖެއަށް ބައި މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ.
މި އަހަރު 2.2 މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން ވަނީ އަމާޒު ކަނޑައަޅާއިފަ އެވެ.