ޚަބަރު

ރަސްދޫގައި ފިހުނު ފިރިހެން މީހާ އިތުރު ފަރުވާއަށް އިންޑިއާއަށް

. ، ދެން އޮންލައިން
އައިޖީއެމްއެޗް / ފޮޓޯ:ދެން އިމޭޖްސް

އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ފިރިހެން މީހާ އިތުރު ފަރުވާއަށް އިންޑިއާއަށް ފޮނުވައިފި އެވެ.

Ads by MPL

ރަސްދޫގައި މިދިޔަ މަހުގެ 24 ވަނަ ދުވަހު ހިނގި ހާދިސާގައި އަލީ ސާމިން (31އ) ގެ ހަށިގަނޑުގެ 78 އިންސައްތަ ވަނީ އަނދާފަ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިތުރު ފަރުވާއަށް އިއްޔެ ސާމިން އިންޑިއާއަށް ފޮނުވާލާފައިވާ ކަމަށެވެ.

އަލިފާނުގެ ހާދިސާގައި ފިހުނު ސާމިންގެ ކުރީގެ އަންހެނުން އައިޝަތު ރިފްގާ އަށް އައިޖީއެމްޗުގައި ފަރުވާދެމުން ދަނިކޮށް ވަނީ ހުސްވި މަހުގެ 31 ވަނަ ދުވަހު ވަނީ ނިޔާވެފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!