ތެލެސީމިއާ ސެންޓަރަށް ޑިރެކްޓާ ޖެނެރަލްއަކު ހޯދަނީ

ތެލެސީމިއާ ސެންޓަރަށް ޑިރެކްޓާ ޖެެނެރަލް(ޑީޖީ)އަކު ހޯދަން އިއުލާންކޮށްފި އެވެ.
ތެލެސީމިއާ ސެންޓަރުގެ ހާލަތު ގޯސްވެ ބަލިމީހުންނާއި އާއިލާތަކުން ކުރި އިހުތިޖާޖުތަކާ ގުޅިގެން އެ ސެންޓަރު ރިޕޯމްކުރުމުގެ މަސައްކަތް ފަށިއި މިދިޔަ މަހު ފަހުކޮޅު ވަގުތީ ގޮތުން އެ ސެންޓަރުގެ ޑީޖީގެ މަގާމަށް އަހުމަދު މައުސޫމް އޮތީ ހަމަޖައްސައިފަ އެވެ.
ސިވިލް ސާވިސް ކޮމިޝަންއިން މިއަދު ކުރި އިއުލާނެއްގައި ވަނީ ޑިރެކްޓާ ޖެނެރަލްގެ ދާއިމީ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 17 ވަނަ ދުވަހާ ހަމައަށް މިހާރު ހުޅުވާލައިފަ އެވެ.
އެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ. އަދި އެ މުއްދަތުގެ ތެރެއިން މަދުވެގެން ދެ އަހަރު ދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.
އެ މަގާމުގެ މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި 40،000އަށް ވުރެ ރފުިޔާ ލިބެ އެވެ.
ތެެލެސީމިއާ ސެންްޓަރު ރިފޯމް ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން އެ ސެންޓަރުން ހިދުމަތް ދޭ ވަގުތު މިހާރު ވަނީ 13 ގަޑިއިރަށް ވެސް އިތުރުކޮށްފަ އެވެ.
