Monday, 2 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރޯޑްވާދިނެސް ނެތި ދުއްވާ އުޅަނދުތަކުގެ އަދަދު 70،000އިން މަތީގައި

ރޯޑްވާދިނެސް ނެތި ދުއްވާ އުޅަނދުތަކުގެ އަދަދު 70،000އިން މަތީގައި

ރޯޑްވާދިނެސް ނެތި ދުއްވާ އުޅަނދުތަކުގެ އަދަދު 70،000އިން މަތީގައި އުޅޭކަން ހާމަވެއްޖެ އެވެ.

އެކަން ހާމަވީ މާލެ ސަރަހައްދުގައި އެންމެ ގިނައިން ބޭނުންކުރެވިދާނެ އުޅަނދުތަކާ ގުޅޭގޮތުން މާލޭ ސިޓީ ކައުންސިލްއިން އެކުލަވާލައި މިއަދު އާންމުކުރި ރިޕޯޓުންނެވެ.

ރިޕޯޓްގައި ބުނެފައިވާ ގޮތުން ގްރޭޓާ މާލޭގައި ދުއްވާ އުޅަނދުތަކުގެ އަދަދު 119،472 އަށް އަރައެވެ. އޭގެ ތެރޭގައި 103،300 މޮޓޯ ސައިކަލާއި 7505 ވެހިކަލްގެ ހިމެނެ އެވެ.

Advertisement
Ooredoo — Truecaller (box)

އަދި 71،868 ވެހިކަލު މާލޭގައި ދުއްވަނީ ރޯޑްވާދިނެސް ނެތި ކަމަށް ވެސް ރިޕޯޓްގައި ބުނެފައި ވެއެވެ.

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޔޫރަޕްގެ ގައުމުތަކުގައި މަގުތަކުގައި ދުއްވާ އުޅަނދުތައް މަދުކުރުމަށް އެންމެ އާންމުކޮށް ބޭނުންކުރާ އެއް މެތަޑަކީ ރޯޑްވާދިނެސް ޓެސްޓިން އެވެ. އެގޮތުން ސަލާމަތީ މިންގަނޑުތަކަށް ނުފެތޭ އުޅަނދުތާއި ދުވަސްވީ އުޅަނދުތައް ބޭނުންކުރިޔަ ނުދެ އެވެ.

އަދި ރިޕޯޓްގައި ވަނީ މާލޭގައި ވެހިކަލް ތޮއްޖެހުމުގެ މައްސަލަ ހައްލުކުރަން ގޮވާލައިފަ އެވެ. އޭގެ އިތުރުން ވައިގެ ކޮލިޓީ ރަނގަޅުކޮށް ލައްކައަކަށް ވުރެ ގިނަ ސައިކަލުތަކަށް ޕާކިން ހަމަޖައްސައި 7000އަށް ވުރެ ގިނަ ކާރުތަކަށް ވެސް ޕާކިން ސްލޮޓްތައް ހަމަޖައްސަން ގޮވާލައިފަ އެވެ.

އެވްރެޖްކޮށް ދުނިޔޭގެ އެކި ހިސާބުތަކުގައި ކޮންމެ 1000 މީހަކަށް 321 ވެހިކަލް ބޭނުންކުރެ އެވެ. އެ ނިސްބަތަަށް ބަލައި މާލެއަށް އެންމެ އެކަށީގެންވަނީ 81318 ވެހިކަލް ކަމަށް ވެސް ރިޕޯޓްގައި ބުނެފައި ވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް