ޚަބަރު

ތިނަދޫގައި އޮޕަރޭޝަން ޑޮކްޓަރުންގެ ކޭމްޕެއް ބާއްވަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައްޔިތުންނާއި ގާތުން ސިއްހީ ހިދުމަތް ފޯރުކޮށް ދިނުމަށް ހިންގާ އައުޓްރީޗް ޕްރޮގްރާމްގެ ދަށުން އޮޕަރޭޝަން ބަލިތަކަށް ހާއްސަ، އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ޓީމެއް ގދ ތިނަދޫ ޑރ. އަބުދު ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ބަލާގޮތަށް ހަމަޖެހިއްޖެ އެވެ.

Ads by MPL

ހެލްތް މިނިސްޓްރީން ބުނީ މިމަހުގެ 24 އިން 26 ކުރިއަށްގެންދާ ކޭމްޕްގައި ރާއްޖޭގައި ތިއްބެވި މިދާއިރާގެ ތަޖުރިބާކާރު ޑޮކްޓަރުން ގެ ޓީމެއް ބައިވެރިވާނެ ކަމަށެވެ. މި ޓީމްގައި ޖުމުލަ 8 ޑޮކްޓަރުން ހިމެނެ އެވެ.

ޑޮކްޓަރުންގެ ޓީމް

    1. ގޮހޮރުގެ އަދި ބެރިއަޓްރިކް ސާޖަރީގެ ހާއްސަ ޑރ. އާއިޝަތު އަޒުނާ
    2. އާއްމު އަދި ލެޕްރސްކޯޕިކް ސާޖަރީގެ ހާއްސަ ޑރ. އަބުދުﷲ އުބައިދު
    3. ޕްލާސްޓިކް އަދި ރިކޮންސްޓްރަކްޝަން އަދި އެޑްވާންސް ވޫންޑް ކެއާގެ ހާއްސަ ޑރ. މުހައްމަދު ވަހީދު
    4. އާއްމު އޮޕަރޭޝަން އަދި އެޑްވާންސް ވޫންޑް ކެއާ އަށް ހާއްސަ ޑރ. އިބްރާހީމް އާދިލް
    5. ކެންސަރުގެ އޮޕަރޭޝަންތަކަށް ހާއްސަ ޑރ. މުހައްމަދު ޝިފާން
    6. ސިކުނޑިއާއި ނާރުގެ އޮޕަރޭޝަންތަކުގެ ހާއްސަ ޑރ. އަލީ އާ
    7. ކުޑަކަމުދާ ނިޒާމުގެ އޮޕަރޭޝަންތަކުގެ ހާއްސަ ޑރ. އަބުދުﷲ އަދްތަރު
    8. ހޭނެއްތުމާއި ނުފިލާ ހުންނަ ތަދުތަކުގެ ހާއްސަ ޑރ. އަސްއަދު މުހައްމަދު ޝަހީދު

މިނިސްޓްރީން ބުނީ އެ ޓީމުން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތް ތަކުގެ ތެރޭގައި އޯޕީޑީގައި ބަލިމީހުން ބަލައި ފަރުވާކުރުމާއި ޑޮކްޓަރުންނާއި ނަރުހުންނަށް ތަމްރީން ދިނުމުގެ އިތުރުން އެކި އޮޕަރޭޝަންތައް ކުރުން ހިމެނެ ކަމަށެވެ.
އެ ޓީމްގެ ޑޮކްޓަރުންނަށް ދެއްކުމަށް މިހާރު ވަނީ އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.

މިއީ ހެލްތު މިނިސްޓްރީ އަދި އައިޖީއެމްއެޗް ގުޅިގެން ތިނަދޫ ޑރ. އަބުދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ކުރިއަށް ގެންދާ ކޭމްޕެކެވެ

Ads by HDC