ޚަބަރު

ދުންފަތުގެ އިސްތިއުމާލުކުރުން ކޮންޓްރޯލް ކުރުމާބެހޭ ސާވޭ އަށް އާއްމުންގެ ހިޔާލަށް ހުޅުވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ކޮންޓްރޯލް ކުރުމާބެހޭ ސާރވޭ އަށް އާއްމުންގެ ހިޔާލު ހޯދުމަށް ހެލްތު ޕްރޮޓެކްޗަން އެޖެންސީން އާއްމުންގެ ހިޔާލަށް ހުޅުވާލައިފި އެވެ.

Ads by STELCO

ރާއްޖޭގައި ދުންފަތުން ރައްކާތެރިކުރެވިފައިވާ ޖީލެއް ބިނާކުރުމަށް ޖަނަވަރީ 1، 2007 އިން ފެށިގެން އުފަންވެފައިވާ/އުފަންވާ ހުރިހާ ކުދިން ދުންފަތުގެ ބާވަތްތައް ގަތުމާއި ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން ހިމެނޭގޮތަށް "ޖެނެރޭޝަނަލް ބޭން" އެއް ތަންފީޒުކުރަން ވަޒީރުންގެ މަޖިލީހުން މިހާރު ވަނީ ނިންމާފަ އެވެ.

އެޗްޕީއޭ އިން އާއްމުންނަށް ހުޅުވާލާފައިވާ ސުވާލުގައި 4 ބަޔަކަށް ބަހާލާފައިވެ އެވެ. އޭގެ ތެރޭގައި ދުންފަތާއި ގުޅިގެން ހެދިފައިވާ ގަވާއިދުތަކާއި ގުޅޭ ސުވާލާއި، ދުންފަތުން ލިބޭ ގެއްލުމާއި ގުޅުންހުރި ސުވާލުތަކަށް ހިމެނެއެވެ. މީގެ އިތުރުން ދުންފަތުން ދުރުވުމަށް ދޭ ސެޒޭޝަން ފަރުވާގެ މައުލޫމާތުގެ ސުވާލުތައް ހިމެނެ އެވެ.

އަދި މި ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމަށް ގާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށްޓަކައި، ތަންފީޒީ އިދާރާތަކުން ކުރަންޖެހޭ ކަންކަން ކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.

މިގޮތުން އެ ގާނޫނަށް އިސްލާހު ގެނެސް ތަސްދީގުކުރާ ތާރީހުން ފެށިގެން ގާނޫނަށް އަމަލުކުރުމަށް 6 މަސްދުވަހުގެ މުއްދަތެއް ދިނުމަށް ފަހު، 1 ނޮވެންބަރު 2025 ގައި މި ގާނޫނު ތަންފީޒުކުރަން ފެށުމަށް ވަނީ ނިންމާފަ އެވެ.

Ads by HDC