އެމްޓީސީސީގެ ކުރީގެ ސީއީއޯއާއި އިސްވެރިންތަކެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

އެމްޓީސީސީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ، ދެ ޓަވަރު އެޅުމުގެ ޕްރޮޖެކްޓާ ގުޅިގެން އެ މަސައްކަތް ހަވާލުކުރި ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލާގައި ނިމިގެން ދިޔަ ސަރުކާރުގައި އެ ކުންފުނީގެ ސީއީއޯގެ މަގާމު އަދާކުރެއްވި ހަސަން ޝާހުއާއި އިތުރު ބައެއްގެ މައްޗަށް ދައުވާކުރަން އޭސީސީން އިއްޔެ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވައިފި އެވެ.
އޭސީސީން މިރޭ ނެރުނު ނޫސް ބަޔާނުގައިވާ ގޮތުން އެ މައްސަލައިގައި ދައުވާކުރަން ދެން ފޮނުވީ
- އެމްޓީސީސީގެ ޖެނެރަލް މެނޭޖަރުގެ މަގާމާއި ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ މެންބަރެއްގެ މަގާމުގައި އޭރު ހުންނެވި ޝިފާއު އަލީ، ހ.ފެއަރީޕެލަސް/ މާލެ،
- އެމްޓީސީސީގެ ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ މެންބަރުން ގޮތުގައި ތިއްބެވި ތިބި ހުސެއިން ޒުހުރީ (ށ. ކޮމަންޑޫ/ ޕާކީޒާ)، މުހައްމަދު ނާޒިމް (މ.ޕޮމްޕިޔާ / ކ.މާލެ) އަދި އިސްމާއިލް އަދުހަމް (ގ.ނިލަ / ކ.މާލެ) ގެ މައްޗަށް
- ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާ
- ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ކުށުގެ ދައުވާ






ކޮމެންޓް