ބޮޑު އީދު ފާހަގަކުރަން ޕްރޮޕޯސަލް ހުށައަޅަން ހުޅުވާލައިފި

މި އަހަރުގެ އަޟްހާ އީދު ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްތަކުން އެކަމަށްއެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީން ހުޅުވާލައިފި އެވެ.
ހެރިޓޭޖް މިނިސްޓްރީން ސަރުކާރުގެ ގެޒެޓުގައި އާއްމުކުރި އިއުލާނެއްގައި "ގައުމީ ފެންވަރުގައި އަޟްހާ އީދު ފާހަގަކުރާ ރަށްތައް ކަނޑައެޅުމުގައި އަމަލުކުރާނެގޮތުގެ އުސޫލު" އާއްމުކޮށްފައިވެ އެވެ.
އެ މިނިސްޓްރީގެ ފަރާތުން އަޟްހާ އީދު ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ 3 ރަށެއްގަ އެވެ.
އެހެންވެ އެ މިނިސްޓްރީއާ ގުޅިގެން އަޟްހާ އީދު ފާހަގަކުރުމަށް ބޭނުންވާ ޕްރޮޕޯސަލް ތައްޔާރު ކުރުމަށް ފަހު މޭ 1 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އީމެއިލް ކުރުމަށް އެދިފައިވެ އެވެ. އީމެއިލް ކުރަން ޖެހެނީ [email protected] އަށެވެ.
ހެރިޓޭޖް މިނިސްޓްރީން ބުނީ އެކަމުގައި އެ މިނިސްޓްރީގެ ފަރާތުން ވިލަރެސްވެރިއެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ އިވެންޓްސް އެންޑް އައުޓްރީޗު ސެކްޝަންގެ ޑެޕިއުޓީ ޑިރެކްޓާ އައްބާސް މުހައްމަދު، (ފޯނު ނަންބަރު 7930101) ކަމަށެވެ.
