ޚަބަރު

މާލޭގެ ގޭންގެއްގެ މީހުންގެ މެދުގައި 64 މިލިއަން ރުފިޔާ ދައުރުކުރި މައްސަލައެއްގައި ދައުވާކުރަން ފޮނުވަނީ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިން / ފޮޓޯ:ދެން އިމޭޖްސް

ކުށްކޮށްގެން ހޯދި 64 މިލިއަނެެއްހާ ރުފިޔާ 11 މީހުންގެ ގޭންގު ނެޓްވޯކެއްގެ މެދުގައި ދައުރުކުރި މައްސަލައެއްގެ ތަހުގީގުކޮށް ނިމި ދައުވާކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވުމަށް ފުލުހުން ތައްޔާރުވެއްޖެ އެވެ.

Ads by MPL

މި މައްސަލައިގެ މައުލޫމާތު ފުލުހުންގެ ކޮމިޝަނަރު އަލީ ޝުޖާއު ދެއްވީ ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

"މާލެއަށް ނިސްބަތްވާ ނަން މަޝްހޫރު ގްރޫޕެއްގެ ފައިނޭންޝަލް އިންވެސްޓިގޭޝަން ނިމި މިހާރު ނެޓްވޯކް އުޅޭ މީހުންގެ ދިރިއުޅޭ ތަންތަން ބަލައި ފާސްކޮށްފައި. ޖުމުލަ 11 މީހުން އުޅޭ މި ނެޓްވޯކްގައި 64 މިލިއަން ރުފިުޔާ ދައުރުކުރި ގޮތް ބެލުމަށް ހިންގުނު ތަހުގީގެއް މި. ދައުރުކުރެވިފައިވާ ފައިސާގެ ބޮޑު ބައެއް އެއީ ކުށް ކޮށްގެން ހޯދި ފައިސާ ކަން ވަނީ ޔަގީންކުރެވިފައި.،" ޝުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މައްސަލަ ވަރަށް އަވަހަށް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ދައުވާ ކުރުމަށް ޓަކައި ފޮނުވައި، ދައުލަތަށް އެއިން މުދަލެއް ނެގެން އޮތް ނަމަ އެ ކަމެއް ކުރަން ވެސް އެދޭނެ ކަމަށެވެ.

Ads by HDC