ޚަބަރު

ވެއްޓުނު އަންހެން މީހާ ސަރުކާރުގެ ހަރަދުގައި މެލޭޝިއާއަށް ގެންދަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

މިދިޔަ ހުކުރު ދުވަހު ހ. ފެންޓޯނިއާ ގޭގެ ނުވަ ވަނަ ފަންގިފިލާއިން  ވެއްޓުނު ހައްވާ ޔުމްނު ރަޝީދު 21، އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންދަން ނިންމައިފި އެވެ.،

Ads by STELCO

ޔުމްނުގެ އާއިލާއިން މިއަދު އޮންލައިންކޮށް ނޫސްވެރިންނާ ބައްދަލުކޮށް އޭނާގެ ފަރުވާއަށް މެލޭޝިއާއަށް ގެންދިއުމުގެ ހުރިހާ ކަމެއް ސަރުކާރުން ހަމަޖައްސައިދީފައިވާ ކަމަށް ބުންޏެވެ.

ޔުމްނުއަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ވެންޓިލޭޓަރުގަ އެވެ. ނަމަވެސް މިހާރު ފަހުން އޭނާ ވަނީ ވެންޓިލޭޓަރުން ނަގައިފަ އެވެ. ނަމަވެސް އަދިވެސް ހާލު ސީރިއަސް އެވެ.

އެ ހާދިސާގައި އެކި ތުހުމަތުތައް ކުރަމުންދާ އިރު ރޭ ފުލުހުން ވަނީ ޔުމްނު ވެއްޓުނު ވަގުތުކޮޅު އިމާރާތުގެ ތެރޭގައި އެކުގައި އުޅުނު ރައުދު ޒިލާލު ރޭ ހައްޔަރުކޮށް އެ މައްސަލައިގައި ތުހުމަތުކުރެވޭ ހުރިހާ އެންމެންގެ ފޯނުވެސް ހިފަހައްޓައިފަ އެވެ.

ފުލުހުން ބުނީ ހަމަ އެ މައްސަލައިގައި މާންދޫގެ ޓެރަސްއާއި ދެވަނަ އަދި ހަތަރު ވަނަ ފަންގިފިލާގެ އިތުރުން ކަށިވެލި ތިންވަނަ ފަންގި ފިލާވެސް ބަލާ ފާސްކޮށްފައިވާ ކަމަށެެވެ.

ފުލުހުން އިއްޔެ ވަނީ އަންހެން ވެއްޓުމުގެ ކުރިން އެންމެ ފަހުން ރައުދުއާއެކު ގެއެއްގެ ސިޑިމަތީގައި އުޅޭ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖުވެސް އާންމުކޮށްފަ އެވެ،

އިމާރާތުން ޒުވާނާ ވެއްޓުނު ގޮތާއި މައްސަލައިގައި ފުލުހުން އަމަލުކުރަމުން ގެންދާ ގޮތާ މެދު ސުވާލު އުފައްދައި ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. ކަމާ ގުޅިގެން ކުރެވޭ ތުހުމަތުތަކާ އެކު ޒުވާނާއަށް އިންސާފު ނުލިބޭ ކަމަށް ބުނެ ޒުވާނުންނާއި އާންމުންގެ ގިނަ ބަޔަކު މަޖީދީ މަގުގައި ހުންނަ ފުލުހުންގެ ސާޖެންޓް އާދަމް ހަލީމް ބިލްޑިން ކުރިމަތީގައި ފާއިތުވި ދެ ރޭ  ވަނީ އިހުތިޖާޖުކޮށްފަ އެވެ.

Ads by Allied Insurance