ޚަބަރު

ޕޮލިސް ކޮމިޝަނަރު ޝުޖާއު މަގާމުން އިސްތިއުފާ ދެއްވަން ނިންމައިފި

އަލީ ސަމާޙް ، ދެން އޮންލައިން
ޕޮލިސް ކޮމިޝަނަރު ޝުޖާއު: / ފޮޓޯ: ފުލުހުން

ޕޮލިސް ކޮމިޝަނަރުގެ މަގާމުން އަލީ ޝުޖާއު މަގާމުން އިސްތިއުފާ ދެއްވަން ނިންމައިފި އެވެ.

Ads by MPL

ސީޕީގެ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވިކަން ފުލުހުންގެ އިސް ބޭފުޅަކު ވަނީ "ދެން" އަށް ޔަގީންކޮށްދީފަ އެވެ.

އެކަމަކު އިސްތިއުފާ ދެއްވަން ނިންމި ސަބަބެއް އެނގިފައިނުވި ނަމަވެސް މިދިޔަ ހުކުރު ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ފުލުހުން އަމަލުކުރި ގޮތާއި ގުޅިގެން ފުލުހުންނަށް ވަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

އެކަމާ ގުޅިގެން ކުރެވޭ ތުހުމަތުތަކާ އެކު ޒުވާނާއަށް އިންސާފު ނުލިބޭ ކަމަށް ބުނެ ޒުވާނުންނާއި އާންމުންގެ ގިނަ ބަޔަކު ދަނީ މުޒާހަރާ ކުރަމުންނެވެ.

Ads by HDC