Thursday, 5 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ރެލީއެއް ބާއްވައިފި

މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ރެލީއެއް ބާއްވައިފި

ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން މާލޭގައި ރެލީއެއް ބާއްވައިފި އެވެ.

އެ ރެލީ ފެށީ މިއަދު ހަވީރު މާލޭގެ ރަސް ފަންނު ސަރަހައްދުން ނެވެ.

އެ ރެލީގައި އިިދިކޮޅު އެމްޑީޕީއާއި އެކި ޖަމިއްޔާތައް ބައިވެރިވި އެވެ. އޭގެ ތެރޭގައި މޯލްޑިވްސް ޓްރޭޑް ޔޫނިއަން އެސޯސިއޭޝަންއާއި ޑްރައިވާސް އެސޯސިއޭޝަންތައް ފަދަ ޖަމިއްޔާތައް ހިމެނެ އެވެ.

Advertisement
Allied Insurance — Square (box)

އެގޮތުން އިންޑަސްޓްރިއަލް ރިލޭޝަންގެ ގާނޫނު ތަންފީޒުކުރުން ހުރަސް އެޅުން ހުއްޓާލުމަށާއި އަދި ރިސޯޓް މުވައްޒަފުންނަށް ތުނބުޅި ބެހެއްޓޭގޮތަށް ހަދަން ވެސް އެ ރެލީގައި ގޮވާލައިފައި ވެއެވެ.

އޭގެ އިތުރުން ސަރުކާރުން އެމްޓީސީސީ މެދުވެރިކޮށް ޓެކްސީ ހިދުމަތް ފަށަން އުޅޭތީ ވެސް ޑްރައިވާސް އެސޯސިއޭޭޝަންއިން މިއަދު އިހުތިޖާޖުކުރި އެވެ.

"ޓެކްސީ ޑްރައިވަރުންގެ ދިރިއުޅުން ފުނޑާލައިގެން ގައުމު ބިނާ ނުކުރެވޭނެ" ޓެކްސީ ޑްރިވަރުން ކުރޮ އިހުތިޖާޖުގައި ބޭނުންކުރި ބެނާއެއްގައި ލިޔެފައި ވެއެވެ.

ރެލީ ހިނގަމުން ދިޔައިރު ފުލުހުން ވެސް މަގުތަކުގައި ހަރަކާތްތެރި ވަމުން ދިޔަ އެވެ. އެ ރެލީއަށް ފުލުހުން ހުރަސް އެޅި ކަަމަށް ވެސް އިދިކޮޅު އެމްޑީޕީން ތުހުމަތުކުރި އެވެ.

އެގޮތުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އެކްސްގައި ވިދާޅުވީ އެ ރެލީ ބޭއްވުމަށް ހުރަހެއް ނެތް ކަމުގެ ޔަގީންކަން ފުލުހުން ކުރިން ދިނުމަށް ފަހު ރެލީއަށް ހުރަސް އެޅި ކަމަށެވެ.

https://twitter.com/faya_i/status/1917917051550941307

އޭނާ ވިދާޅުވީ ޔޫނިއަންތަކާއި މަސައްކަތްތެރިންނަށް މުޒަހާރާ ކުރުމަކީ ގާނޫނު އަސާސީން ދީފައިވާ ހައްގެއް ކަމަށެވެ.

އެހެން ކަމުން ކުރިން ޔަގީންކަން ދިންގޮތަށް ސުލްހަވެރިކަމާއެކެ ރެލީ ކުރިއަށް ގެންދިއުމަށް ޖާގަ ދިނުމަށް ވެސް ފައްޔާޒް ގޮވާލެއްވި އެވެ.

ރެލީއަށް ފުލުހުން ހުރަސް އެޅިކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުވެސް އެކްސްގައި ވިދާޅުވި އެވެ.

https://twitter.com/abdulla_shahid/status/1917958539122991524

"އަޅުގަނޑު ހުރިހާ ފުލުހުންނަށް ވެސް ގޮވާލަނީ އެ ބޭފުޅުން ކޮށްފައިވާ ހުވަޔާ އެއްގޮތަށް ގާނޫނާ އެއްގޮތަށް އަމަލުކުރުމަށް." ޝާހިދު ވިދާޅުވި އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް