10 އަހަރަށް ބޭނުންވާ ވަރަށް އައްޑޫ އާއި ފުވައްމުލަކުގައި ކަރަންޓު ކެޕޭސިޓީ އިތުރުކުރަނީ

ކުރިއަށް އޮތް 10 އަހަރަށް ބޭނުންވާ ވަރަށް އައްޑޫ ސިޓީއާ ފުވައްމުލަކު ސިޓީއަށް ބޭނުންވާ ވަރަށް ކަރަންޓު ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ފަށަން ސަރުކާރުން މިއަދު އިއުލާނުކޮށްފި އެވެ.
މިއަދު ރައީސް އޮފީހުގައި ކުރިއަށްދާ ޕްރެސްގައި އެކަން ހާމަކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. އެމަނިކުފާނު ވިދާޅުވީ އައްޑޫ އާއި ފުވައްމަލަކުގެ ކަރަންޓުގެ ހިދުމަތް ދިނުމުގައި ބޮޑެތި މައްސަލަތަކެއް ކުރިމަތިވާ ކަމަށެވެ.
އެހެންވެ އެކަން ހައްލުކުރުމަށްޓަކައި ދެ ސިޓީގައި ވަކި ވަކިން ބޮޑު ދެ މަޝްރޫއެއް ހިންގުމަށް ނިންމައި ފިނޭންސް މިނިސްޓްރީން އެކަމަށް ބަޖެޓުވެސް ކަނޑައަޅާފައިވާ ކަމަށެވެ.
ކުރިއަށް އޮތް 10 އަހަރު ދުވަހަށް ބޭނުންވާ ވަރުގެ ކެޕޭސިޓ އައްޑޫ އާއި ފުވައްމުލަކުގައި ގާއިމްކުރުމަށް ވާނީ ނިންމާފައި
ރައީސް ވިދާޅުވީ އެ މަސައްކަތް 6 މަސް ތެރޭގައ ނިންމާލެވޭނެ ކަމަށެވެ. ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއރިު ހުރިހާ އިންޖީނުގެއެއް ހުރީ "ބްރޭކްޑައުން" ވެފައި ކަމަށެވެ.
މަރަމާތު ކިޔާއެއްޗެއް ނުވެސް ގަބޫލުނުކުރާހެން ހީވަނީ ކުރީގައި އުޅުނު ފަރާތްތައް އަޅުގަނޑުމެން މި ޖެހެނީ މަރަމާތާު ކޮށްދީގެން އުޅެން. ވަރަށް ހާލުގައި ގިނަ ރަށްތައް ހުރި
އެގޮތުން މިހާތަނަށް 77 ޖެނެރޭޓަރު އާ ޖެންސެޓަށް ބަދަލުކޮށްފައިވާ ކަމަށާއި 31 ޖެންސެޓް މަރަމާތުކުރުން ނުވަތަ އޯވަހޯލްކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި 15 ރަށެއްގެ ގްރިޑްވެސް މިހާރު އަޕްގްރޭޑް ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އައްޑޫއާ ފުވައްމުލަކު ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މަޝްރޫއުއެއް ފަށަން ނިންމިކަން ރައީސް އިއުލާން ކުރައްވާފައިވާއިރު، އެ ސީޓީގެ ގުޅިފައިވާ ރަށްރަށުން ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވެ އެވެ. އެކަން ހައްލުކުރަން ފެނަކައިން ވަނީ ދާދި ފަހުން 1.8 މެގަވޯޓުގެ ޖަނެރޭޓަރެއް އިންސްޓޯލްކޮށްފަ އެވެ. އެކަމަކު ދާއިމީ ހައްލެއް ނުލިބޭތީ އައްޑޫގެ މޭޔަރު އަލީ ނިޒާރު އާއި ހިތަދު މެދު ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު އަޒާންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އަޒާން މީގެ ކުރިން ވިދާޅުވެފައިވާ ގޮތުންނަމަ އައްޑޫ އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުނުވެ ދިގުލައިގެން ދަނީ ފެނަކައިގެ އިހުމާލުންނެވެ.
