ޚަބަރު

ބިން ހިއްކުމުން ބަދަލުގައި ކުރިން ދިން ބިންތައް ދައުލަތަށް ނަގައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރަސްމާލެ މަޝްރޫއު އިފްތިތާހު ކުރުމުގެ ތެރެއިން/ ފޮޓޯ: ރައިސް އޮފީސް

ކުންފުނިތަކުން ބިން ހިއްކުމުގެ ބަދަލުގައި ކުރިން ދޫކުރި ބިންތައް ދައުލަތަށް ނަގާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

Ads by MPL

މިއަދު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ކުރީ ސަރުކާާރުން ބިންތައް ދޫކުރި ގޮތަށް ފާޑުވިދާޅުވި އެވެ.

އެގޮތުން ފަޅު ހިއްކުމުގެ މަޝްރޫއުވެސް އެކަމާ ގުޅުވައި އޮތީ ބިންދީފައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އަދި ހުޅުމާލެ ފޭސް ތިނެއްގެ ބިން ހިއްކުމުގެ ކަންކަން ވެސް ކުރިއަށް ގެންގޮސްފައި އޮތޯ އެގޮތަށްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އަދި ތިލަފުށި ހިއްކަން ވެސް ކުރީ ސަރުކާރުން 10 ހެކްޓަރުގެ ބިން، ބިން ހިއްކުމުގެ ބަދަލުގައި ދިން ކަމަށް ރައީސް ވިދާޅުވި އެވެ.

ނަމަވެސް ބިން ލިބޭ ގޮތަށް ހެދި ރިލަފުށީގެ އެގްރިމަންޓް ބާތިލުކޮށް އެ ތަނުން 10 ހެކްޓަރު ދިނުމަށް ނިންމި ނިންމުންވެސް ބާތިލުކޮށްފައިވާ ރައީސް ވިދާޅުވި އެވެ.

"މިހާރު ނޯންނާވެސް ބިން ހިއްކި އެއްވެސް ބައެއްގެ އަތުގައި އެ މީހުންނަށް ކުރީ ސަރުކާރުން ދިން ބިމެއް. ހުރިހާ ބިމެއް ކެންސަލްކޮށްފިން. ހުރިހާ ބިމެއް މިހާރު ސަރުކާރަށް ނަގައިފިން" ރައީސް ވިދާޅުވި އެވެ.