ޚަބަރު

16 ދުވަސް ފަހުން ޔުމްނު ހޭއަރައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޔުމްނު ބަލި އެނދުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި --

މިދިޔަ މަހުގެ 18 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު ހޭ އަރައިފި އެވެ.

Ads by STELCO

ޔުމްނު ފުރާޅު މައްޗަށް ވެއްޓިފައި އޮތް އިރު ހޭވެރިކަމެއް ނެތެވެ. އަދި އޭގެ ފަހުން އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް ޔުމްނު މެލޭޝިއާއަށް ގެންދިޔައީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ،

އެންސްޕްއިން ދިން އެހީއާއި ފަންޑްރެއިސިންގެ މަސައްކަތްތަކުން އެއްކުރި ފައިސާއާއެކު ޔުމްނު މެލޭޝިއާގައި ވަނީ ވަރަށް ނުރައްކާތެރި ކަރުުގެ އޮޕަރޭޝަނެއް ވެސް ކޮށްފަ އެވެ.

ޔުމްނުގެ އާއިލާ މީހަކު އެކްސްގައި މިއަދު ބުނީ އޭނާ މިހާރު ހޭ އަރާފައިވާ ކަމަށާއި ނަމަވެސް އަދިވެސް އޭނާ އޮތީ ޝޮކެއްގައި ކަމަށެވެ.

"އައިސީޔޫގައި އަދިވެސް އޮތީ. އެކަމަކު މިހާރު މިހާާރު ސްޓޭބަލް. ކާންދޭ ހޮޅި އޮތީ ނަގައިފައި. ޔުމްނުއަށް މިހާރު ޗަސްކޮށްފައި ހުންނަ އެއްޗެތި ކެވޭ.: އާއިލާ މީހާ ބުންޏެެވެ.

އޭޏާ އިތުރަށް ބުނުގޮތުގައި ދެން އޮތީ ޔުމްނުގެ އުނަގަނޑު އެއްވަރުކޮށް އުނަގަނޑާއި އޮޅަނބޮށްޓަށް ވަދެފައި ހުރި އެތިއެތިކޮޅު ނަގަން ކުރާ އޮަޕަރޭޝަންއެކެވެ. އެ އޮޕަޜޭޝަން ކުރަން ނިންމާފައި ވަނީ އަންނަ އަންގާރަ ދުވަހު އެވެ.

"ފާއިތުވި ދެ ދުވަހުވެސް ޔުމްނުގެ މޭގައި އިންފެކްޝަން ހުރި. ޔުމްނުގެ ހާލަތު ރަނގަޅުވަމުންދޭ. އެކަމަކު ވަރަށް ލަސްލަހުން" އާއިލާ މީހާ އިތުރަށް ބުންޏެވެ.

ޔުމްނު ވެއްޓުނީ ކިހިނެއްކަމެއް އަދިވެސް ނޭނގެ އެވެ. އެހެންވެ އެ މައްސަލައިގައި ޒުވާނުން ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ކޮންމެ ރެއަކު ދަނީ މުޒާހަރާކުރަމުން ނެވެ.

ޔުމްނުގެ ހާދިސާ ތަހުގީގުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ހާއްސަ ކޮމިޝަންގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ.

ޔުމްނުގެ ހާދިސާއާ ގުޅިގެން މިހާތަނަށް ހައްޔަރުކުރީ ރައުދު އަހުމަދު ޒިލާލް އެކަންޏެވެ.

Ads by HDC
  1. ޟަހު

    މެލޭއައްދިޔައިރުވެސް ހޭއަރާފަ އޮތީ. ރާއްޖެދެން ނާންނާނެ. ޢައުމުން ހައްޔަރު ކުރަންވާނެ.