Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މަސްތުގެ ހާލަތުގައި ހުރެ ލޯންޗު ދުއްވި މީހަކު ހައްޔަރުކޮށްފި

މަސްތުގެ ހާލަތުގައި ހުރެ ލޯންޗު ދުއްވި މީހަކު ހައްޔަރުކޮށްފި

މަސްތުގެ ހާލަތުގައި ހުރެ ލޯންޗު ދުއްވައި، އެކްސިޑެންޓުވި މައްސަލަ އާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ކ. އަތޮޅު ވާދޫ ރިސޯޓާ ދިމާލުން ކަނޑުއޮޅީގެ ބޭރުން ލޯންޗަކާއި ފެރީ ދޯންޏެއް ޖެހި އެކްސިޑެންޓުވި މައްސަލަ އެ އިދާރާއަށް ރިޕޯޓުކޮށްފައި ވަނީ ރޭ 7:26 ހާއިރު ކަމަށެވެ.

އެ ރިޕޯޓާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން، އެކްސިޑެންޓުވި ލޯންޗު ދުއްވި މ. ކޮޅުފުށި، ޒަހީރާމަންޒިލް، ނާޝާދު ވަލީދު މުހައްމަދު (41އ) އެ ވަގުތު ހުރީ މަސްތުގެ ހާލަތުގައިކަން ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

Advertisement
Allied — Dhen Online (box)

ފުލުހުން ބުނި ގޮތުގައި އެކަން ދެނެގަނެވުމާ އެކު އެ އިދާރާގެ ބެލުމުގެ ދަށަށް އޭނާ ގެެންގޮސްފައިވާ ކަމުގަ އެވެ. އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެެއް ލިބިފައިނުވާކަން ފުލުހުން ފާހަގަކުރި އެވެ.

ފުލުހުން ގެންދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް