ޚަބަރު

މީޑިއާގައި އުޅޭ ފަރާތްތަކަށް އެ ދާއިރާއިން ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ބްރޯޑްކޮމް--

ރާއްޖޭގެ މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކަށް އިންޑިއާއިން  ޕޯސްޓް ގްރެޖުއޭޓް ސްކޮލަޝިޕެއް ދޭން ނިންމައި އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

Ads by STELCO

ބްރޯޑްކާސްޓިން ކޮމިޝަން(ބްރޯޑްކޮމް) އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ހުޅުވާލީ ސައުތު އޭޝިއަން ފައުންޑޭޝަން އިން އިންޑިއާގެ ޗެއްނާއިގައި ހުންނަ އޭޝިއަން ކޮލެޖް އޮފް ޖާނަލިޒަމް ގައި"ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ އިން އިންޓަގްރޭޓަޑް މަލްޓިމީޑިއާ ޖާނަލިޒަމް" ހެދުމުގެ ފުރުސަތު ކަމަށެވެ.

ބްރޯޑްކޮމުން ބުނީ އެ ކޯހަށް ޝަރުތު ހަމަވާ ދެ ފަރާތެއް ހޮވުމަށް ޝޯޓް ލިސްޓް ކުރާނީ އެ ކޮމިޝަނުން ކަމަށެވެ. އަދި  ޝޯޓްލިސްޓް ކުރާ ފަރާތްތަކުގެ މައުލޫމާތު އޭޝިއަން ކޮލެޖް އޮފް ޖާނަލިޒަމް އާ ހިއްސާ ކުރުމުން އެ ފަރާތުން އިންޓަވިއުކޮށް އެންމެ މޮޅު އެކެއް ނޫނީ ދެ ދަރިވަރުން އެ ކޯހަށް ހޮވާނެ ކަމަށް ވެސް ބުންޏެވެ.

އެ ސްކޮލަޝިްޕއަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

"ކޯހަށް އެދި ހުށަހަޅާ ފަރާތަކީ ބެޗިލާރސް ޑިގްރީ ފުރިހަމަކޮށްފައިވާ ފަރާތެއް ކަމުގައިވާން ޖެހެ އެވެ. އަދި އިނގިރޭސި ބަހަށް ފަރިތަ ކަމާއި އެކު ލިޔަން ކިޔަން ދަންނަ މީހަކަށްވާންވެ އެވެ." ބްރޯޑްކޮމްއިން އެ ކޯހަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ބުނެފައިވެ އެވެ.

އެ ސްކޮލަޝިޕްގެ ދަށުން އިންޑިއާއަށް ދިއުމުގެ ޓިކެޓާއި ކެއުމާއި ހުރުން އަދި ޕޮކެޓްމަނީ ވެސް ހަމަޖައްސައިދޭނެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!