Sunday, 1 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އިމުގާގެ ނަމުގައި ފޭކު ވެބްސައއިޓްތަކެއް ހަދައިގެން އުޅޭތީ ސަމާލުވާން އިލްތިމާސްކޮށްފި

އިމުގާގެ ނަމުގައި ފޭކު ވެބްސައއިޓްތަކެއް ހަދައިގެން އުޅޭތީ ސަމާލުވާން އިލްތިމާސްކޮށްފި

ރާއްޖެ އެތެރެވުމުގެ ކުރިން އެތެރެވާ މީހާއާ ބެހޭ މައުލޫމާތު ފުރުމަށް ބޭނުންކުރާ "އިމުގާ"ގެ ނަމުގައި ފޭކު ވެބްސައިޓްތަކެއް ހަދައިގެން ދައުރުކުރަމުންދާތީ ސަމާލުވުމަށް މޯލްޑިވްސް އިމިގްރޭޝަނުން އިލްތިމާސްކޮށްފި އެވެ.

އިމިގްރޭޝަނުން މިއަދު އެކްސްގައި ބުނީ "އިމުގާ" ގެ ނަމުގައި ހަދައިގެން އުޅޭ ފޭކު ވެބްސައިޓްތަކުން ފައިސާވެސް ނަގަމުންދާ ކަމަށެވެ.

އެހެން ނަމަވެސް އިމުގާ ފޯމަކީ ހިލޭ ފުރޭއެއްޗެއްކަން އިމިގްރޭޝަނުން ހަނދާން ކޮށްދިނެވެ.

Advertisement
Allied — Dhen Online (box)

https://twitter.com/ImmigrationMV/status/1920421066809254243

އެހެންވެ "ތިންވަނަ ޕާޓީ" ވެބްސައިޓްތައް އިމުގާ ފޯމު ފުރަން ބޭނުން ނުކުރުމަށާއި އަދި އެކަމަށް އިމިގްރޭޝަންއިން ބޭނުންކުރާ އަސްލު ވެބްސައިޓް ބޭނުންކުރަން ވަނީ އިލްތިމާސްކޮށްފަ އެވެ.

މީގެ ކުރިން ރާާއްޖޭގެ ބޭންކެއްގެ ފޭކު ވެބްްސައިޓެއް ހަދައިގެން ވެސް ސްކޭމްތައް ހިންގާފައިވެ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް