Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ހުޅަނގު މޫސުން ދެކުނުގެ އަތޮޅަށް އިއްޔެ ފެށިއްޖެ

ހުޅަނގު މޫސުން ދެކުނުގެ އަތޮޅަށް އިއްޔެ ފެށިއްޖެ
ހުޅަނގު މޫސުން ދެކުނުގެ އަތޮޅަށް އިއްޔެ ފެށިއްޖެ ކަމަށް މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ބުނެފި އެވެ. މެޓް އޮފީހުން މިއަދު ބުނީ އިރުވައި މޫސުން މީލާދީ ގޮތުން އަންނަނީ ގާތްގަނޑަކަށް ޖެނުއަރީ އިން ފެށިގެން މާޗާ ހަމައަށް ކަމަށެވެ. އަދި ހުޅަނގު މޫސުން އަންނަނީ މޭ މަހުން ފެށިގެން ނޮވެމްބަރަކަށް ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ. މެޓް އޮފީހުން ބުނި ގޮތުގައި ހުޅަނގު މޫސުމުގެ އަސަރުތައް އާންމުކޮށް މޭ މަހުގެ ފުރަތަމަ ހަފްތާ ނުވަތަ ދެވަނަ ހަފްތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ފަށާ ކަމަށެވެ. އަދި އޭގެ ފަހުން މެދު ރާއްޖެ ތެރެއަށް ވެސް ހުޅަނގު މޫސުން އައިސް މޭ މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށޭ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ. https://twitter.com/MetMaldives/status/1920414470641242409 މެޓް އޮފީހުން ބުނީ އިއްޔެ ދެކުނުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށިފައިވާ ކަމަށެވެ. ހުޅަނގު މޫސުން ފެށުނު ކަމަށް ބަލާ މިންގަނޑު:
  • ދެކުނުގެ އަތޮޅުތަަަކަށް 25 މިލިލީޓަރު ނުވަތަ އިތުރަށް ވާރޭ ވެހުން
  • ވައިގެ މިސްރާބު ހުޅަނގުގެ ދެކުނާއި ހުޅަނގާ ދެމެދު ހުރެފައި ގަޑިއަކު 10 ނޯޓިކަލް މޭލަށް ވުރެ ބާރު މިނުގައި ވައި ޖެހުން
ރާއްޖޭގެ އެކި ހިސާބުތަކަށް މި ދެ ދުވަހު ވަނީ ބޯކޮށް ވާރޭ ވެހިފަ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް