ފުޅިތަކަކަށް ބަނގުރާ އަޅައިގެން ދަތުރުކުރި ވޭނެއް ހުއްޓުވައި ދެ މީހަކު ހައްޔަރުކޮށްފި

ފެން ހުސްކުރި ފުޅިތަކަކަށް ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް އަޅައިގެން ދަތުރުކުރި ވޭނެއް ހުއްޓުވައި، އެ ތަކެތި އުފުލި ދެ މީހުން ހައްޔަރުކޮށްފި އެވެ.
"އެކްސް" ގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ އެ ތަކެތި ފެނިފައި ވަނީ ރޭ، ހުޅުމާލޭގެ ފޭސް އެކެއްގެ މިދިލި މަގުން އެ ވޭން ހުއްޓުވައި ބަލައި ފާސްކުރުމުގެ ތެރެއިން ކަމަށެވެ. ބަލައި ފާސްކުރިއިރު، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި ގިނަ އަދަދެއްގެ 500 އެމްއެލްގެ ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި ވޭން ބަލައި ފާސްކުރިއިރު، ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 40 ފުޅި ފެނިފައިވާ ކަމުގަ އެވެ.
[caption id="attachment_282605" align="alignnone" width="690"]<img class="size-large wp-image-282605" src="https://cdn.dhen.mv/wp-content/uploads/2025/05/IMG_20250509_102953-1024x768.jpg" alt="" width="690" height="518" /> ވޭން ހުއްޓުވައި ބަލައި ފާސްކުރިއިރު ފެނުނު ފުޅިތައް: ފުޅިތަކުގައި ހުރީ ބަނގުރާ ކަމަށް ޝައްކުކުރޭ / ފޮޓޯ:ފުލުހުން[/caption]
އެ މައްސަލަ އާ ގުޅިގެން ވޭނުގައި ތިބި އިންޑިއާއަށް ނިސްބަތްވާ ތަލަޕަތީ ޕުގަޒެންދީ (27އ) އާއި ރާޖަގޯޕާލް ސެލްވަގަނަޕަތީ (47އ) އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ވޭން ޓޯކޮށް ފުލުހުން ގެންދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.







ކޮމެންޓް