ޚަބަރު

ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް މާދަމާ ފަށަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޕީޖީން އިންތިޒާމުކުރި ފޯރަމެއްގައި ޕީޖީ އައްބާސް ވާހަކަ ދައްކަވަނީ: ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް މާދަމާ ފަށާނެ / ފޮޓޯ:ޕީޖީ އޮފީސް

ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް މާދަމާ ފެށުމަށް ނިންމައިފި އެވެ.

Ads by MPL

ވިލާ ނޯޓިކަލް މޯލްޑިވްސް ރިސޯޓުގައި ފަށާ އެ ކޮންފަރެންސް އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް ކޮންފަރެންސް އިންތިޒާމުކުރާ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުންޏެވެ.

ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް ފެށުމަށް ބާއްވާ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދެވެ. ކޮންފަރެންސްގައި ކީ-ނޯޓް ސްޕީކަރުންގެ ގޮތުގައި ޑރ. މާރިޔާ އަލީ އާއި ޑރ. ޝަނޫހާ މަންސޫރު ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ކޮންފަރެންސްގައި ބައިވެރިވާ ބައެއް ފަރާތްތައް:

  • ޔުނިސެފް
  • ދިވެހި ފުލުހުންގެ ހިދުމަތް
  • ޑްރަގު ކޯޓު
  • ނޭޝަނަލް ޑްރަގު އޭޖެންސީ
  • ޖުވެނައިލް ކޯޓު
  • މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް
  • ވިލާ ކޮލެޖު
  • ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް
  • ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

ޖުވެނައިލް ޖަސްޓިސް ކޮންފަރެންސްގައި ކުޑަކުދިން ކުރާ ކުށްތައް އިތުރުވާ މައްސަލަ އާއި އެ ކުދިން ރިހިބިލިޓޭޓް ކުރަން ހުރި ގޮންޖެހުންތަކާއި ކަމާ ގުޅޭ އިދާރާތަކުގެ އެއްބާރުލުން ނުލިބުމުގެ މައްސަލައަށް އަލިއަޅުވާލާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ކޮންފަރެންސްއާ ގުޅޭ ހުރިހާ މައުލޫމާތެއް އެއް ތަނަކުން ބެލޭނެ އިންތިޒާމު ހަމަޖެއްސުމަށް ހާއްސަ ވެބްސައިޓެއް ވެސް ވަނީ ލޯންޗްކޮށްފަ އެވެ.

ކޮންފަރެންސްގައި ކުޑަކުދިން ކުރާ ކުށްތަކާ ގުޅޭ ފަންނީ ކަރުދާސްތައް ހުށަހަޅާނެ އެވެ. ފަސް ޕެނަލް ޑިސްކަޝަންއެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި ޖުޑިޝަރީ އާއި ޒުވާނުންގެ ޕެނަލް ޑިސްކަޝަންތައް ހިމެނެ އެވެ.

Ads by Ooredoo