ޚަބަރު

އައްޑޫގައި ކެތު ލެބުގެ ހިދުމަތް ނުފެށާތީ ހެލްތު މިނިސްޓަރާ ސުވާލުކުރަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގު

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް(އޭއީއެޗް)ގައި ގާއިމުކޮށްފައިވާ ކެތު ލެބުގެ ހިދުމަތް ނުފަށާތީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމްއާ ސުވާލުކުރަން މިއަދު ހުށަހަޅައިފި އެވެ.

Ads by STELCO

އެ ސުވާލަށް ލިޔުމުން ޖަވާބު ދިނުމަށް އެދި ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގު އެވެ.

އަޒާން އެދިވަޑައިގެންފައިވަނީ ކެތު ލެބުގެ ހިދުމަތް ފެށުން ލަސްވާ ސަބަބާއި އެތަނުގެ ހިދުމަތް ފެށޭނެ ދުވަހެއް ސާފުކޮށްދިނުމަށެވެ.

އަޒާން އެކްސްގައި ވިދާޅުވި ގޮތުގައި އައްޑޫއިން މާލެ ގެންނަ ކޮންމެ ފަސް މީހަކުން އެކަކީ ކާޑިއެކް އެމެޖެންސީތަކާ ގުޅިގެން މާލެ ގެންނަ މީހުން ކަމަށެވެ.

އެހެން ނަމަވެސް އޭއީއެޗްގެ ކެތުގެ ލެބް އަދިވެސް ހިދުމަތް ނުފަށާ އޮތުމުން އަޒާން ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

މާލެއަށް ފަހު ސިއްހީ ހިދުމަތް އެންމެ ރަނގަޅަށް ދެމުންގެންދާ އެއް ތަނަކީ އައްޑޫ ހޮސްޕިޓަލެވެ.

Ads by Ooredoo