ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓް އެލާޓް

ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ވައިޓް އެލާޓެއް ނެރެފި އެވެ.
މި އެލާޓް ނެރެފައިވަނީ މިއަދު މެންދުރު 13:15 އިރުއޮއްސި 18:15 އަށެވެ.
އެލާޓްގައިވާ ގޮތުން ރާއްޖޭގެ ހުރިހާ ހިސާބަކަށް ވައިޖެހި ކަނޑުތައް ގަދަވާނެ އެވެ.
ގަޑިއަކު 19 މޭލާއި 14 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި 49 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ބުންޏެވެ.
މި އެލާޓް ނެރެފައިވާއިރު، މެންދުރު 1 އާ ހަމަޔަށް ފ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅާ ހަމަަޔަށް އޮތީ ވައިޓް އެލާޓްގަ އެވެ.
ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް ބެލެވޭތީވެ ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓުން ވަނީ އިއްޔެ ބުނެފަ އެވެ.
މިއަހަރުގެ ހުޅަނގު މޫސުން ދެކުނުގެ އަތޮޅުތަކަށް ފެށުނީ މި މަހުގެ 7 ވަނަ ދުވަހު އެވެ. މި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށިގެންދާނެ ކަމަށް މެޓުން ވަނީ ބުނެފަ އެވެ.
އެހެންވެ މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު އަދާހަމަކުރުމަށް އެ އިދާރާއިން އިލްތިމާސްކުރެ އެވެ.
