ޚަބަރު

ފަރުކޮޅާއި ކޭލަަކުނުގައި ނޭޗާ ޕާކު ހަދަން އެމްޓީޑީސީއާ ހަވާލުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފަރުކޮޅާއި ކޭލަަކުނުގައި ނޭޗާ ޕާކު ހަދަން އެމްޓީޑީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ށ. ފަރުކޮޅާއި ހދ. ކޭލަކުނުގައި ނޭޗާ ޕާކެއް ހަދަން ޓޫރިޒަމް މިނިސްޓްރީން އެމްޓީޑީސީއާ މިއަދު ހަވާލުކޮށްފި އެެވެ.

Ads by STELCO

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ އެކަމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިވެސްކޮށްފަ އެވެ.

އެ ދެ ރަށުގައި ނޭޗާ ޕާކެއް ގާއިމުކުރަނީ ގުދުރަތީ ނުވަތަ ތަބީއީ ގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވާއިދު) އާއި ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު ދަށުން އެކުލާވާލާފައިވާ އެހެން ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް އުތުރުގެ ސަރަހައްދުތަކުގައި ފަތުރުވެރިކަން ފުޅާކޮށް ކޮންމެ އަތޮޅެއްގައި ނޭޗާ ޕާކް ގާއިމްކުރުމުގެ ގޮތުން ތަރައްގީކުރަ ނޭޗާ ދެ ޕާކު ކަމަށެވެ.

އެ ދެ ނޭޗާޕާކުގެ މަސައްކަތް ކުރިއަށް ގެންދާނީ ޓޫރިޒަމްގެ ޓެކްނިކަލް ލަފައާއި އެއްގޮތްވާ ގޮތުގެ މަތިން ހަތަރު މަރުހަލާއަކަށް ބަހާލައިގެން އެއް އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށް މިނިސްޓްރީން ބުންނެވެ.

ފަރުކޮޅާއި ކޭލަކުނަކީވެސް  އާދާޔަ ހިލާފަށް ރީތި ރާއްޖޭގެ އެހެން ރަށްރަށާ ތަފާތު ދެ ރަށަކަށްވާ އިރު ދެ ރަށަކީ ވެސް ހިމާޔަތްކޮށްފައިވާ ދެ ރަށެެވެ.

Ads by HDC