ބ. އަތޮޅުގައި އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރަން ފަށައިފި

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައިޑީ ކާޑު) ޕްރިންޓުކޮށް ދޫކުރުމުގެ ހިދުމަތް ބ.އަތޮޅުގައި ފަށައިފި އެވެ.
މާލެއިން އެކަނި ލިބޭ އައިޑީކާޑާއި ޕާސްޕޯޓް ހެދުމުގެ ހިދުމަތް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާއި ގާތުން ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުފުޅެކެވެ.
އަދި އެ ވައުދުފުޅާ އެއްގޮތަށް މިިދިޔަ ނޮވެމްބަރު މަހު ގއ. ވިލިނގިލީގައި އެ ހިދުމަތް ފަށައި ސަރުކާރުން ވަނީ އަތޮޅުތެރޭގެ އެހެން ރަށްތަކަށް ވެސް އެ ހިދުމަތް ފުޅާކުރަން ފަށައިފަ އެވެ.
އަދި އެ ސިޔާސަތުގެ ދަށުން، މިހާރު ބ. ދަރަވަންދޫ އާއި އޭދަފުށީ ކައުންސިލުން އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ހިދުމަތް މިހާރު ފަށާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން، ޑިޕާޓްމަންޓް އޮފް ނެޝެނަލް ރެޖިސްޓްރޭޝަން(ޑީއެންއާރު)އިން ބުންޏެވެ.
އަސާސީ ގިނަ ހިދުމަތްތަކާ ގުޅިފައިވާ އައިޑީކާޑުގެ ހިދުމަތް މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ވަނީ އަމާޒު ހިފައިފަ އެވެ.
އަދި ހަމައެއާއެކު ދިވެހީން އާންމުކޮށް ގޮސް އުޅޭ ޤައުމުތަކުގައިވެސް އެ ހިދުމަތް ފެށުމަށް ވެސް މިހާރު ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހު މެލޭޝިއާއަށް ކުރެއްވި ރަސްމި ދަތުރުފުޅުގައި ވަނީ މެލޭޝިއާގައި އައިޑީ ކާޑާއި ޕާސްޕޯޓް ޕްރިންޓްކުރުމުގެ ހިދުމަތް ވަނީ ފަށައިފަ އެވެ.
ްައަދި ސަރުކާރުން މިހާރު ދަނީ ސްރީލަންކާ، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި އެ ހިދުމަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.