ޚަބަރު

ބަޔާން ނަގަން ފުލުހުން އެދިފައެއް ނެތް: އާއިލާ

އަލީ ސަމާޙް ، ދެން އޮންލައިން
ޔުމްނުއަށް އިންސާފު ހޯދަން ގޮވާލާ ޒުވާނުން ކުރާ މުޒާހަރާ - ފޮޓޯ: އެކްސް

މާލޭ ހެންވޭރުގައި ހުރި އިމާރާތަކުން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ ބަޔާން ނަގަން އެއްބާރުލުން ނުދޭކަމަށް ފުލުހުން ބުނި ވާހަކަ އާއިލާއިން ދޮގުކޮށްފި އެވެ.

Ads by MPL

ބުރާސްފަތި ދުވަހު ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، މެލޭޝިޔާގައި ފަރުވާހޯދަމުންދާ ޔުމްނުގެ ސިއްހީ ހާލާ ގުޅޭގޮތުން ވެސް ފުލުހުންނާ އެއްވެސް މައުލޫމާތެއް މިހާތަނަށް ހިއްސާކޮށްފައި ނުވާ ކަމަަށެެވެ. އެހެންވެ ބަޔާން ނެގުމަށް މެލޭޝިޔާގެ ފުލުހުންގެ އެހީތެރިކަން ހޯދަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ ވާހަކަތައް ދޮގުކޮށް ޔުމްނުގެ އާއިލާގެ ފަރާތުން އޭނާގެ ދައްތަ އައިޝަތު ނާއިޝާ ޑެޕިއުޓީ ކޮމިޝަނާ އިސްމާއީލް ނަވީން އަށް ފޮނުވި ސިޓީއެއްގައި ބުނީ ޔުމްނުގެ ތަހުގީގުގެ އެންމެ ނާޒުކު ދަނޑިވަޅުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން، އިންސާފުވެރިކަމާއެކު ތަހުގީގު ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ނެތްކަމުގައިވިޔަސ،ް ގާނޫނުތަކާއި ގަވާއިދުތަކަށް ތަހުގީގަށް އާއިލލާގެ ފަރާތުން ހުރަސްނާޅާނެ ކަމަށާއި، އެފަދަ ހުރަހެއް ކުރިމަތިކޮށްފައިނުވާނެ ކަމަށެވެ.

ހައްވާ ޔުމްނު ރަޝީދުގެ ބަޔާނެއް ނެގުމަށްޓަކައި ރަސްމީގޮތެއްގައި މިހާތަނަށްވެސް ތިޔަ ހިދުމަތުން އާއިލާއަށް އަންގާފައެއް ނުވެއެވެ.

ބަޔާނެއް ނެގުމަށްޓަކައި ރަސްމީކޮށް ލިޔުމުން އަންގައިފިނަމަ އެކަމަށް އާއިލާގެ ފަރާތުން ޖަވާބުދާރީވާނެ ކަމުގައި އެ ސިޓީގައި ބުންޏެވެ.

އާއިލާއިން އިތުރަށް ބުނީ، އެއްބާރުލުން ނުދޭކަމަށް ބުނެ ފުލުހުން ބަޔާނެއް ނެރެފައިވަނީ އިންސްޕެކްޓާ އޮފް ޕޮލިސް ޑރ.ހަސަން އުމައިރ،ު އައިލާގެ މެންބަރުންނާ މެލޭޝިއާގައި ދޮޅު ގަޑިއެއްހާއިރުގެ ބައްދަލުވުމެއް ބާއްވާފައި ވަނިކޮށް ކަމަށެވެ.

ސިޓީގައި އިތުރަށް ފާހަގަކުރި ކަންކަން:

  • ޔުމްނުގެ ސިއްހީ ހާލަތާ ގުޅޭ މައުލޫމާތު ނުދޭ ކަމަށް ފުލުހުން ބުނާއިރު، އެފަދަ މައުލޫމާތެއް ހޯދުމަށްވެސް ފުލުހުން އެދިފައިނުވޭ
  • ލިބިފައިވާ އަނިޔާތަކާ ގުޅިގެން ޔުމްނު އޮތީ ތަހުގީގަށް ބަޔާނެއް ދެވޭ ފަދަ ހާލަތެއްގައި ނޫންކަން ޑޮކްޓަރުންގެ ރަސްމީ ލިޔުންތަކުންވެސް އެނގެން އޮތް

ޔުމްނުއާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ނުފަތުރަން އާއިލާއިން ވަނީ އެދިފަ އެވެ.

Ads by Ooredoo