ރީތި ތާރީހެއް، މާލޭގައި މިއަދު 59 ކައިވެނި

މިއަދުގެ ރީތި ތާރީހާ ގުޅިގެން މާލޭގައި 59 ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެފި އެވެ.
ކައިވެންޏަށް ތައްޔާރުވާއިރު ރީތި ތާރީހުތަކަށް ގިނަ ބަޔަކު އިސްކަންދެ އެވެ. މިއަދުގެ ތާރީހާ ގުޅުވައި ފެމިލީ ކޯޓުން ގިނަ އަދަދެއްގެ ކައިވެނި ކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
އެ ކޯޓުން ބުނީ މިއަދަކީ މި އަހަރުގެ މިހާތަނަށް އެ ކޯޓުގައި އެއްދުވަހާ އެންމެ ގިނަ ކައިވެނި އަގްދު ކޮށްދިނުމަށް ހަމަޖެހިފައިވާ ދުވަސް ކަމަށެވެ. ކޯޓަށް އަންނަ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އެ ކޯޓުން ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށް ފެމިލީ ކޯޓުން ބުންޏެވެ.
ގިނަ އަދަދެއްގެ ފަރާތްތަކުން މިއަދު ކައިވެނި ކުރުމަށް ހަމަޖެހިފައިވާތީ ފެމިލީ ކޯޓަށް ހާޒިރުވާ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން އެ ކޯޓުގެ ބޭރުގައި ވަނީ ޓެންޓު ޖަހައި އިށީދެ ތިބެވޭނެ ގޮތަށް ގޮނޑި ބަހައްޓާފަ އެވެ.
ފެމިލީ ކޯޓުން ބުނި ގޮތުގައި ރަސްމީ ގަޑީގައި 23 ކައިވެނި ކޮށްދޭނެ ކަމުގަ އެވެ. އަދި ނުރަސްމީ ގަޑީގައި 36 ކައިވެންޏެއް ކޮށްދޭނެ ކަމުގަ އެވެ.
[caption id="attachment_284417" align="alignnone" width="690"]
ފެމިލީ ކޯޓުގެ ބޭރުގައި ޓެންޓު ޖަހައި ގޮނޑި ބަހައްޓާފައި: މިއަދު އެ ކޯޓުގައި 59 ކައިވެނި ކުރާނެ / ފޮޓޯ:ފެމިލީ ކޯޓު[/caption]
ފެމިލީ ކޯޓުގެ ބޭރުގައި ޓެންޓު ޖަހައި ގޮނޑި ބަހައްޓާފައި: މިއަދު އެ ކޯޓުގައި 59 ކައިވެނި ކުރާނެ / ފޮޓޯ:ފެމިލީ ކޯޓު[/caption]
މި އަހަރު ފެމިލީ ކޯޓުން ކޮށްދީފައިވާ ކައިވެނިތަކާއި ވަރީގެ ތަފުސީލް:
- ޖެނުއަރީ - 108 ކައިވެނި، 108 ވަރި
- މާޗް - 83 ކައިވެނި، 56 ވަރި
- އޭޕްރީލް - 181 ކައިވެނި، 113 ވަރި





ކޮމެންޓް