ޚަބަރު

މާދަމާ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދާން އެދެފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ވީއައިއޭ އެއާޕޯޓް؛ ގިނަ އަދަދެއްގެ ފަތުރުވެރިންތަކެއް ވަނީ ދުބާއި އަށް ނުފުރި ތާށިވެފައ

މާދަމާ ގިނަ ބަޔަކު ހައްޖަށް ފުރަތީ ފުރުމުގެ ތިން ގަޑިއިރުކުރިން އެއާޕޯޓަށް އައުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްއިން އިލްތިމާސްކޮށްފި އެވެ.

Ads by MPL

އެއާޕޯޓް ހިންގާ އެމްއޭސީއެލް ކުންފުނިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާދަމަ ހައްޖަށް ދާން ގިނަ ބަޔަކު ފުރާތި ބާރުބޮޑުވާނެތީ ފުރުމުގެ އިންތިޒާމްތައް އޮމާންކަމާއެކު ކުރިއަށް ގެންދަން ބޭނުންވާ ކަމަށެވެ.

އެހެންވެ ފުރުމުގެ ތިން ގަޑިއިރު ކުރިން ޗެކިންނާއި އެހެނިހެން ކަންކަން ކުރިއަށް ގެންދަން އެއާޕޯޓަށް އައުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ހައްޖަށް ދާން ފުރާ މީހުންގެ ފުރަތަމަ ބެޗު ފުރާނީވެސް މާދަމާ އެވެ.

މި އަހަރުވެސް ހައްޖަށް 1000އަށް ވުރެ ގިނަ މީހުން ރާއްޖެއިން ދާއިރު ހައްޖުވެރިންނަށް ފަސޭހަކޮށްދިނުމަށް ގިނަ ލުއިތަކެއް ލިބޭ މައްކާ ރޫޓް އިނީޝިއޭޓިވް އިފްތިތާހުކުރަން ސައުދީގެ ޓީމެއް މިހާރު ވަނީ ރާއްޖެވެސް އައިސްފަ އެވެ.

Ads by Ooredoo