ކޮވިޑް-19: ނޮޅިވަރަމް ވެސް މޮނިޓަރިންްއަށް

ހދ. ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓެއްގެ ކެޕްޓަނަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެއަތޮޅު ނޮޅިވަރަމް ވެސް މޮނިޓަރިންގެ ޙާލަތަށް ގެނެސްފިއެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤު ވިދާޅުވީ ކުޅުދުއްފުށިން ބައްޔަށް ފައްސިވެފައި ވަނީ ބޯޓެއްގެ ފަޅުވެރިއެއް ކަމަށާއި، އޭނާ ފައްސިކަން އެނގުނީ އަލާމާތްތައް ހުރުމުން ކޮވިޑަށް ޓެސްޓު ކުރުމުން ކަމަށެވެ.
ފައްސިވީ މީހާގެ ކޮންޓެކްޓް ޓްރޭސިންގ ހެދުމަށްޓަކައި މިހާރު ކުޅުދުއްފުށްޓާއި ނޮޅިވަރަމް ވަނީ މޮނީޓަރިންގެ ހާލަތަށް ލާފައެވެ.
މޮނީޓަރިންގެ ހާލަތުގައި އޮންނައިރު އެރަށަކަށް އެޗްޕީއޭގެ ޚާއްސަ ހުއްދައަކާއި ނުލާ އަރާ ފޭބުން މަނާވާނެއެވެ.
ކުޅުދުއްފުށީ ކައުންސިލު ރައީސް އަބްދުއްލަތީފް ޙަސަން "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކޮވިޑަށް ފައްސި ވެފައިވަނީ އެބޯޓުގެ ކައްޕި ކަމަށާއި ރަށް މޮނީޓަރިންއަށް ލާން އެޗްޕީއޭ އިން އަންގާފައިވާ ކަމަށެވެ.