ޚަބަރު

ކުރީގެ ސަރުކާރުގައި ފުޓުބޯޅަ ޓްރެއިނިން ސްކޫލް އެޅުމުގައި ބޮޑު ކޮރަޕްޝަނެއް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ހުޅުމާލެ ފުޓުބޯޅަ ޓްރެއިނިން ސްކޫލް - ފޮޓޯ: އެޓޯލް ޓައިމްސް

ހުޅުމާލޭގައި ފުޓްބޯޅަ ޓްރެއިނިން ސްކޫލު އެޅުމުގައި ކޮރަޕްޝަންގެ ތުހުމަތުކޮށް މައްސަލަ އޭސީސީން ބަލައިދޭން އޮޑިޓް އޮފީހުން އެދިއްޖެ އެވެ.

Ads by MPL

މިދިޔަ ހޯމަ ދުވަހު އޮޑިޓް އޮފީހުން ނެރުނު ސްޕޯޓްސް މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި ބުނީ 2018 ވަނަ އަހަރު އެ ޓްރެއިނިން ސްކޫލު އަޅަން 38.6 މިލިއަން ރުފިޔާ ކަނޑައަޅައި އެ މަސައްކަތް އެފްއޭއެމްއަށް އެވޯޑްކޮށް ހިންގައި ބަލަހައްޓާފައިވަނީ ދައުލަތަށް އެންމެ ފައިދާ ހުރި ގޮތުގައި ނޫން ކަމަށެވެ.

އަދި އެ މަސައްކަތް ހަވާލުކުރުމުގައާއި ފައިސާ ހަރަދުކުރުމުގައި ކޮރަޕްޝަންއަށް މަގުފަހިވާ ކަންކަން ހުރިކަމަށް ބެލެވޭތީ އެކަން އިތުރަށް ތަހުގީގުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަންއަށް ހުށަހެޅުމަށް އޮޑިޓް ރިޕޯޓްގައި އެދިފައި ވެއެވެ.

އޮޑިޓް ރިޕޯޓްފައި ފާހަގަކޮށްފައިވާ ގޮތުން އެފަދަ އަގުބޮޑު މަޝްރޫއެއް ހިންގަން ޓެންޑަ ބޯޑަށް ހުށަހަޅައޮ ފާސްކުރަން ޖެހޭއިރު އެފްއޭއެމްއާ އެ މަޝްރޫއު ހަވާލުކުރަން ނިންމި ސަބަބު ސާފުނުވާކަމަށް ވެސް ބުނެފައި ވެއެވެ.

އަދި މަސައްކަތް ހަވާލުކުރި ފަރާތުން ހުށަހަޅާ ބިލުތަކަށް ފައިސާ ދެއްކުމުގެ ކުރިން މަސައްކަތް ނިމުނުކަން ކަށަވަރުނުކޮށް އެ ފަރާތަށް 17.8 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން ވެސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.

ނުވަދިހަ ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 2018ވަނަ އަހަރު ހަވާލުކުރި މަސައްކަތް 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް ވެސް ނުނިމުނުއިރު އެ މަސައްކަތަށް 32 މިލިއަން ހަރަދުކޮށްފައި ވެއެވެ.

"މި މަސައްކަތް ނުނިމި ލަސްވާ ސަބަބެއްގެ ގޮތުގައި އެފްއޭއެމްއިން މައުލޫމާތު ދީފައިވާގޮތުގައި މަސައްކަތްކުރަން ދިން ސަރަހައްދުގައި އެޗްޑީސީގެ ހިލަފުންޏެއް ހުރުމުން މަސައްކަތް ކުރިއަށް ގެންދެވިފައި ނުވަނީ ކަމަށެވެ." އޮޑިޓް ރިޕޯޓްގައި ބުނެފައި ވެއެވެ.

އެ މައްސަލައިގައި އަމަލުކުރަން އޮޑިޓް ރިޕޯޓްގައި ލަފާ ދީފައިވާ ބައެއް ކަންކަން

  • ޓެންޑަ ބޯޑުގެ އިވެލުއޭޝަންއަކާ ނުލައި އެ މަޝްރޫއު އެފްއޭއެމްއާ ހަވާލުކުރި ސަބަބު މިނިސްޓްރީން ސާފުކޮށްދިނުން
  • ހަވާލުކުރި ތާރީހަށް މަޝްރޫއު ނިމިފައި ނުވާތީ އެކަމުގައި ޒިންމަވާ ފަރާތްތައް ހޯދާ ޖަވާބު ދާރީ ކުރުވުން

Ads by Ooredoo